މާލޭ ވިޔަފާރި ބަނދަރަށް ކައިރިކޮށްފައި އޮތް ބޯތަކުން މުދާ ބާލަނީ.. ފޮޓޯ: ވޮއިސް
ހަބަރު
14 Sep 2026 | 13:35
ޓީޓީ ހައްދާވަރަށް މުދާ ރާއްޖެ ނާންނަ މައްސަލަ ވަނީ ފާހަގަކުރެވިފައި: އިހްސާން

ރާއްޖެއިން ބޭރުން މުދާ އެތެރެކުރުމަށްޓަކައި ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ހައްދާ މިންވަރަށް ރާއްޖެއަށް މުދާ ނާންނަކަން ވަރަށް ބޮޑަށް ފާހަގަކުރެވިފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު އިހްސާން ވިދާޅުވީ، މޯލްޑިވްސް ކަސްޓަމްސް ސާވިސް އާއި ބޭންކުތަކާ ދެމެދު ވެވިފައިވާ އެމްއޯޔޫގެ ދަށުން ކުރެވޭ މަސައްކަތްތަކުން، ބޮޑެތި އަދަދުތަކުން ޓީޓީ ހަދައިގެން އެއާ އެއްވަރަށް މުދާ އެތެރެނުކުރާ މައްސަލަ ފާހަގަކުރެވިފައިވާ ކަމަށެވެ.

މިގޮތުން އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަމަށާއި، އަދި ބައެއް ފަރާތްތަކުން ލިބިފައިވާ މުދަލުގެ ބެލެންސް ޕޭމެންޓް ކަމަށް ބުނެ ފައިސާ ދައްކާއިރު، އެ ބުނާ އިންވޮއިސްތަކަށް އެއްވެސް މުދަލެއް ރާއްޖެ އެތެރެކޮށްފައި ނުވާކަން ކަށަވަރުވެފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

އިހްސާން ވިދާޅުވީ މިއީ "ޓްރޭޑް ބޭސްޑް މަނީ ލޯންޑަރިންގ" ކަމަށާއި، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމަށާއި ބިދޭސީންގެ މުސާރަ ރާއްޖެއިން ބޭރަށް ފޮނުވުމަށް މި ރޫޓު ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މި މައްސަލަތައް ޤާނޫނުގައިވާ ގޮތުގެ މަތިން ޓްރޭޑް ބޭސްޑް މަނީ ލޯންޑަރިންގ މައްސަލަތަކެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އާ ވިޔަފާރިވެރިންގެ ތެރެއިން ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން ސީދާ ގޮތުގަ އާ އެހެނިހެން ވިޔަފާރިތަކަށް ޓީޓީ ކުރައްވަން ބޭނުންފުޅުވާ ބޭފުޅުންގެ ޑިމާންޑަށް ޑައިރެކްޓްލީ އެކްސްޗޭންޖްގެ ބޭނުމުގަ ޓްރާންސްފަރ ކުރަމުން ދާކަން އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި އެބައޮތް

ހޯމް މިނިސްޓަރު އަލީ އިހްސާން

މީގެއިތުރުން، ޑޮލަރުން އާމްދަނީ ލިބޭ ބައެއް ފަރާތްތަކުން ބޭންކުތަކާއި ހުއްދަދެވިފައިވާ މަނީ އެކްސްޗޭންޖްތަކުގެ ބޭރުން ޑޮލަރު މާރުކުރަމުންދާ މައްސަލަވެސް ވަޒީރު ފާހަގަކުރެއްވިއެވެ. މިގޮތުން ވިޔަފާރިވެރިންގެ ތެރެއިން ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން، އެހެން ވިޔަފާރިތަކަށް ޓީޓީ ހެދުމަށްޓަކައި ސީދާ ޑައިރެކްޓް އެކްސްޗޭންޖްގެ ގޮތުގައި ޑޮލަރު ޓްރާންސްފާ ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި، މިއީ ރާއްޖޭގެ ޤާނޫނު މަނާކުރާ ޖިނާއީ ކުށެއް ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން، މާލީ މުއާމަލާތްތައް ހިންގުމުގައި ހުއްދަ ލިބިފައިވާ ރަސްމީ ދެ ޗެނަލް ކަމަށްވާ ބޭންކުތަކާއި ހުއްދަ އޮންނަ މަނީ އެކްސްޗޭންޖްތައް މެދުވެރިކޮށް އެކަންކަން ކުރިއަށް ގެންދިއުމަށާއި، ޤާނޫނާއި ޤަވާއިދުތަކަށް ހުރިހާ ފަރާތްތަކުންވެސް އިހުތިރާމުކޮށް ބޯލެނބުމަށް ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.