ރ.އަތޮޅު އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު އަސުރުފަހުގެ ވަގުތެއްގައެވެ. މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ ރ.އަލިފުއްޓަށް ނިސްބަތްވާ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ. ބޯޓު އުރުމާއެކު ރައްޔިތުންގެ އެހީއާއެކު ވަނީ ބޯޓު ފުންކުރުމުގެ މަސައްކަތް ފަށާފައެވެ.
ބޯޓު ފުންކުރުމުގެ މަސައްކަތް ކުރަނީ
މަުއުލޫމާތު ލިބޭގޮތުގައި ބޯޓު އުރުނުއިރު، އޭގައި މުދާ ހުއްޓެވެ. ބޯޓުން މުދާ ހުސްކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެ ބޯޓުގައި އެކި ރަށްރަށު މީހުން ގެނެސްފައިވާ މުދާ ހުރިކަމަށް މައުލޫމާތު ލިބެއެވެ.
ބޯޓުގައި ހުރި މުދާތައް އުނގޫފާރަށް ހުސްކުރަނީ..
އުނގޫފާރު ނެރަކީ ވަރަށް ގިނައިން ބޯޓުފަހަރު އުރުމުގެ ހާދިސާތައް ހިނގާ ނެރެކެވެ. މީގެ ކުރިން އެފްއެސްއެމް ބޯޓަކާއި އެމްޓީސީސީގެ ކޮޅުވެއްޓިއެއްވެސް ވަނީ އުނގޫފާރު ނެރުފައިަކއްޓަށް އަރާފައެވެ. މި ނެރަކީ ގަދަ ދުވަސްވަރު ދަތުރުކުރަން ވަރަށް ނުރައްކާ ސަރަހައްދެއްގެ ގޮތުގައިކަމަށް ކެޕްޓަނުން ފާހަގަކުރާ ހިސާބެކެވެ.
ފޯސީ ބޯޓަކީ މީގެ ކުރިން ފަރަށް އެރުމުގެ ރެކޯޑް އޮންނަ ބޯޓެކެވެ. އެގޮތުން 2014 ވަނަ އަހަރު އެ ބޯޓު ރީތިރަށް ރިސޯޓު ކައިރީގައި އޮންނަ ބޮޑުހިތި ފަރަށް އެރިއިރު އެފަހަރު ބޯޓު ފުންކޮށްފައިވަނީ 7 ގަޑިއިރުގެ މަސައްކަތަށްފަހުއެވެ. މީގެ އިތުރުން 2015 ވަނަ އަހަރުވެސް ޒިޔާަރަތްފުށި ކައިރިއަށް އެ ބޯޓު ފަރަށް އެރިއެވެ. އެ ހާދިސާގައި ބޯޓުން ދަތުރުކުރި 72 މީހަކު މާލެ ގެނައެވެ.
އިތުރު ތަފްސީލް އަންނަނީ..
Advertisement
This content is created and paid for by advertisers and does not involve Voice Journalists