ސްރީލަންކާގައި ޓެކްސީ ހޯދުމަށް ބޭނުންކުރާ މަޝްހޫރު އެޕްލިކޭޝަނެއްކަމުގައިވާ ޕިކްމީން ރާއްޖޭގައި ދަތުރުތައް ފެއްޓުމަށް ތައްޔާރުވެއްޖެއެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ކުރި އިއުލާނެއްގައި ބުނެފައިވަނީ މާލޭ ސަރަހައްދުގައި ޓެކްސީގެ ޚިދުމަތްދޭ ޓެކްސީތައް ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި އެ އޮތޯރިޓީން ހުއްދަ ދީފައިވާ މޯބައިލް އެޕްލިކޭޝަން ތަކުގައި ރަޖިސްޓަރ ވާން ޖެހޭނެކަމަށެވެ.
އެއީ ސްރީލަންކާގެ ޕިކްމީ، އަދި ރާއްޖޭގެ އަވަސް ރައިޑާއި އެއައީ އެވެ.
ޕިކްމީ އަކީ ލަންކާއަށް ދާ ދިވެހިންގެ މެދުގައި މަގުބޫލު އެޕްލިކޭޝަނެކެވެ.