މަސްވެރިކަމާ ބެހޭ ބިލު މަޖިލީހަށް ބަލައިގެންފި

20 Aug 2019 | 22:19

މަސްވެރިކަމާބެހޭ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ހުށަހަޅާފައިވާ، މަސްވެރިކަމާ ބެހޭ ބިލު ރައްޔިތުން މަޖިލީހުން ބަލައިގަތުމަށް މިއަދުގެ ޖަލްސާގައި ފާސްކޮށްފިއެވެ.

ސަރުކާރު ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އެ ބިލު ބަލައިގަތުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގަތް 72 މެންބަރުންގެ އިއްތިފާގުންނެވެ. އެ ބިލު އިގްތިސާދީ ކޮމިޓީއަށް ފޮނުވަން ރިޔާސަތުން ވަނީ ނިންމާފައެވެ.

މި ބިލު މަޖިލީހުގެ ތަޅުމުން ފާސްކޮށް ބިލު ތަސްދީގު ކުރައްވާ ހިސާބުން މަނާވާނެ ކަންކަމުގެ ތެރޭގައި ބޮޑު ދަލުގެ މަސްވެރިކަން ކުރުމާއި ދަމާ ދަލުގެ މަސްވެރިކަމާއި އޮޔާދާ ދަލުގެ މަސްވެރިކަމާއި ދޫކުރާ ދަގަނޑު ބޭނުންކޮށްގެން މަސްވެރިކަން ކުރުމާއި އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމުގެ އިތުރުން އެންވެރިކަން ފިޔަވައި ދާ ބޭނުންކޮށްގެން މަސްވެރިކަން ކުރުމާއި ގޮވާއެއްޗެހި ނުވަތަ ވިހައެއް އަދި އެފަދަ އެއްވެސް ކެމިކަލެއް ބޭނުންކުރުމާއި ރޮދުލުން، ހިމެނެއެވެ.

މި ބިލުގައިވާގޮތުން، ފިޝަރީޒް މިނިސްޓްރީން ދޫކުރާ ލައިސަންސެއް ނެތި، ނުވަތަ ލައިސަންސްގައި ބަޔާންކޮށްފައިވާ ޝަރުތުތަކާ ހިލާފަށް މަސް ޕްރޮސެސްކުރާތަނެއް، ނުވަތަ އޯފްޝޯ ޕްލެޓްފޯމެއް، ނުވަތަ އައިސް ޕްލާންޓެއް ގާއިމް ކޮށް ހިންގުމަކީ ވެސް މަނާ ކަމެކެވެ. އެފަދަ ކުށެއް ކޮށްފިނަމަ ހަތަރުލައްކަ ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭގޮތަށް ބިލުގައި ވަނީ ހިމަނައިފައެވެ.

Advertisement

ކޮމެންޓް