ބޮޑީ ބިލްޑިންގ އެސޯސިއޭޝަންގެ މީޑިޔާ ޕާޓްނަރަކަށް ހާފްކޯޓް މޯލްޑިވްސް

27 Aug 2019 | 16:56

ބޮޑީ ބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މީޑިޔާ ޕާޓްނަރަކަށް ހާފްކޯޓް މޯލްޑިވްސް ހަމަޖައްސައިފިއެވެ.

މި އެސޯސިއޭޝަންގެ މީޑިޔާ ޕާޓްނަރަކަށް ހާފްކޯޓް ހަމަޖެއްސުމަށް ރޭ ވަނީ ހޭންގްއައުޓް ކެފޭގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހިމް ހަސަނެވެ.

މިދެފަރާތުގެ މެދުގައި ރޭގެ ރަސްމިއްޔާތުގައި ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ބޮޑީ ބިލްޑިންގ އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް އިބްރާހިމް ހަމީދެވެ. ހާާފްކޯޓް މޯލްޑިވްސްގެ ފަރާތުން ސޮއިކުރީ އެތަނުގެ ވެރިޔާ އަހުމަދު އަދުހަމެވެ.

މި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ހަތަރު އަހަރު ބީީބީއޭއެމްގެ ހުރިހާ އިވެންޓެެއްގެ ފޮޓޯގްރަފީ އަދި ވީޑިޔޯގްރަފީ ކުރުމަށް ހަމަޖެހިފައިވަނީ ހާފްކޯޓްގެ ފަރާތުންނެވެ.

ހާފްކޯޓް މޯލްޑިވްސްއަކީ މިހާރު ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކުޅިވަރުގެ އިވެންޓްތަކުގެ ފޮޓޯގްރަފީ އަދި ވީޑިޔޯގްރަފީ ކުރަމުން އަންނަ ފަރާތެވެ. އެގޮތުން ހާފްކޯޓުން ވަނީ މިދިޔަ މަހު ނޭޕާލްގެ ވެރިރަށް ކަަތަމަންޑޫގައި އޮތް ދެކުނު އޭޝިޔާގެ 12 ވަނަ ބޮޑީ ބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެންޕިއަންޝިޕްވެސް ކަަަވަރކޮށްދީފައެވެ.

Advertisement

ކޮމެންޓް