އިންޑިއާ ޓީޗަރަކު ދަރިވަރަކާއެކު ކޮޓަރީގައި އޮތް މައްސަލައެއް ބަލަން ފަށައިފި

17 Sep 2019 | 00:40

ދެކުނުގެ އަތޮޅެއްގެ ރަށެއްގައި ދަރިވަރަކާއި ބިދޭސީއަކު ކޮޓަރިއެއްގައި ތިބި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. ފުލުހުން ވަނީ މީޑިއާތަކަށް އެކަން ކަށަވަރު ކޮށްދީފައެވެ.

ފުލުހުން ބުނީ، އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާއިރު، އެމައްސަލައާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

"ވޮއިސް"އަށް މައުލޫމާތު ލިބިފައިވާ ގޮތަކީ އެމައްސަލަ ފެންމަތިވީ އައްޑޫ ސިޓީ ހިތަދޫގައެވެ.

އެގޮތުން، އެރަށު ސްކޫލްގެ އަންހެން ދަރިވަރަކާއެކު ޖިންސީ ގުޅުން ހިންގަން އުޅުނު ބިދޭސީ ޓީޗަރަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށްވެސް ވަނީ އަޑު ފެތުރިފައެވެ. އެހެންނަމަވެސް، ފުލުހުން އެކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. 

Advertisement

ކޮމެންޓް