ސަލަފުން މެންބަރު އީސަގެ މައްސަލައެއް ފުުލުހަށް ހުށައަޅައިފި

19 Oct 2019 | 19:39

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާގެ މައްސަލައެއް ބަލައިދިނުމަށް ޖަމްއިއްޔަތުލް ސަލަފުން ފުލުހަށް ހުށައަޅައިފިއެވެ.

ސަލަފުން މެންބަރު އީސައާއި ދެކޮޅަށް ހުށައަޅާފައިވަނީ މިމަހުގެ ހަަަ ވަނަދުވަހު އެބޭފުޅާ ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ދެއްެކެވި ވާހަކަފުޅަކާއި ގުޅުވައިގެންނެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަށް އެޑްރެސްކޮށް ސަލަފް ޖަމްއިއްޔާއިން ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އެ ޖަމްއިއްޔާގެ ބައެއް ދީނީ އިލްމުވެރިން ރިޝްވަތު ނަގައިގެން މީގެ ކުރިން ފަތުވާދިން ކަމަށް އީސަ ވިދާޅުވިކަމަށެވެ. 

އެފަދަ ބުހުތާން ދޮގު ހައްދަވައި އެޖަމްއިއްޔާގެ އިލްމުވެރިން ގެ އިތުބާރާއި ގަދަރު ކުޑަވާގޮތަށް ވާހަކަ ދައްކަވާފައިވާތީ އެ މައްސަލަ ބަލައި ދިނުމަށް އެދޭކަމަށް ވަނީ ބުނެފައެވެ.

ސަންގުޓީވީގެ އެ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އީސާ ވިދާޅުވީ ސިޔާސީ މަންފާ ހޯދުމަށް ދީން ހަތިޔާރެއްގެ ގޮތުގައި ހަދަމުންދާތަން މަންޒަރު އަބަދުވެސް ފެންނަމުންދާކަމަށެވެ.

އަދި މިއަދުވެސް އެމްޑީއެންގެ މައްސަލައިގައި ޓްވީޓު ކުރައްވާ ގިނަ އިލްމުވެރިންނަކީ މިދިޔަ ފަސްއަހަރު ދުވަހުގެ ތެރޭގައި ދީނާ ޚިލާފް އެތަކެއް ވާހަކަތަކެއް ދެކެވުނުއިރު އެއްގޮތަކަށްވެސް އެއްޗެއް ވިދާޅުނުވެ ތިއްބެވި ބޭފުޅުން ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް