އެމްޑީއެން ސަސްޕެންޑު ކުރުމުން ޝަހިންދާގެ އިންޒާރެއް ރައީސް ސޯލިހުއަށް

12 Oct 2019 | 09:36

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް(އެމްޑީއެން)ގެ ހަރަކާތްތައް ވަގުތީ ގޮތުން ހުއްޓާލަން ސަރުކާރުން އެންގުމާއެކު، އެމްޑީއެންގެ އެގްޒެކެޓިވް ޑައިރެކްޓަރު ޝަހިންދާ އިސްމާއީލް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް އިންޒާރު ދެއްވައިފިއެެވެ.

އެގޮތުން އޭނާ އިއްޔެ ކުރެއްވި ޓްވީޓެއްގައި ވަނީ އެޖަމިއްޔާ ސަސްޕެންޑު ކުރިއިރު ރިޕޯޓާ ގުޅިގެން ޖަވާބުދާރީ ވުމުގެ ފުރުސަތުވެސް ދީފައިނުވާ ކަމަށާއި އެމްޑީއެންއާ މެދު ފިޔަވަޅު އަޅާފައިވަނީ އުސޫލުތަކާ ހިލާފަށް ކަމަށެވެ. އަދި އެވާހަކަ ދައްކަން ފަށައިފިނަމަ ބައިނަލްއަގުވާމީ މުޖުތަމައުގައި ރައީސް ސޯލިހު ޖަވާބުދާރީވާން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމްޑީއެންގެ ރިޕޯޓުގެ މައްސަލައިގައި ޔޫތު މިނިސްޓްރީން ބުނީ އެމްޑީއެންއިން ޝާއިއުކުރި "ޕްރެލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓުގައި އިސްލާމްދީނާއި ހިލާފު ވާހަކަތަކެއް ހުރި ކަމަށާއި، އިސްލާމް ދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށްފައިވާކަމަށް ތުހުމަތުކޮށް ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަ ތަހުގީގު ކުރަމމުން ދާތީ އެޖަމިއްޔާގެ ހަރަކާތްތައް ހުއްޓާލަން އަންގާ ކަމަށެވެ.

މިގޮތަށް އަންގާފައިވަނީ ޖަމްއިއްޔާތަކުގެ ގަވާއިދުގެ 39 ވަނަ މާއްދާއިން، ޖަމިއްޔާތަކާއި ބެހޭ ރަޖިސްޓްރަރ އަށް ލިބިދީފައިވާ އިހްތިޔާރުގެ ދަށުންކަމަށް ވަނީ ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެ ޖަމްއިއްޔާގެ ހަރަކާތްތައް ހުއްޓާލުމަށް އަންގާފައިވަނީ، އެ ޖޖަމްއިއްޔާ މަނާކޮށްދިނުމަށް އެދި ގިނަބަޔަކު އަޑުއުފުލަމުން ދަނިކޮށެވެ. އެގޮތުން "ބޭން އެމްޑީއެން" ނަމުގައި ސޯޝަލް މީޑިޔާގައި ވަނީ ވަރުގަދަ ކެމްޕޭނެއް ކުރިއަށް ގެންގޮސްފައެވެ. 

Advertisement

ކޮމެންޓް

Advertisement