އިނގުރައިދޫގެ ހިތްވަރުގަދަ ދެ ސްކައުޓުންގެ އަގުވަޒަންކޮށްފި

10 Nov 2019 | 22:13

ރ.އިނގުރައިދޫގައި ގެނބެމުންދިޔަ ކުއްޖެއްގެ ފުރާނަ ސަލާމަތްކުރި ދެ ސްކައުޓުންގެ އަގު ދިވެހި ސަރުކާރުން ވަޒަންކޮށްފިއެވެ.

އެގޮތުން އެރަށު ސްކޫލްގެ ދެ ސްކައުޓުން ކަމުގައިވާ ނިޝާހު އަބްދުލްޣަފޫރު އަދި އަލީ ފައުޒާނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ އަތްޕުޅުންވަނީ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި، ޚާއްސަ ފިލައެއް އަރުވާފައެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 18ވަނަ ދުވަހު އިނގުރައިދޫގައި މި ދެކުދިންނާއި އިތުރު ކުއްޖަކު މަސްހިފަން ގޮސްއުޅެނިކޮށް، ކުއްޖަކު ގެނބެމުންދިޔަތަން ފެނި އެ ދެކުދިން ވަނީ އަމިއްލަ ފުރާނައަށް ބެލުމެއް ނެތި، ގެނބެމުންދިޔަ ކުއްޖާ ސަލާމަތްކުރުމަށް މަސައްކަތްކޮށްފައެވެ.

އެ ކުއްޖާ ސަލާމަތްކުރެވުނު ހޭނެތިފައި އޮތްނަމަވެސް، ނިޝާހުއާއި ފައުޒާންގެ ފަރާތުން އެ ކުއްޖާއަށް ވަނީ ފުރަތަަމަ ފަރުވާ ފޯރުކޮށްދީފައެވެ.

މި ދެ ކުދިންގެ ހިތްވަރު، ބައިނަލްއަގްވާމީ ސްކައުޓް އިދާރާއިންވެސް ވަނީ ފާހަގަކޮށް ތައުރީފްކޮށްފައެވެ.

Advertisement

ކޮމެންޓް