ސަލާމަތީ ހިދުމަތްތަކުގެ އަގު ވައްޓާނުލާ: އާދަމް ޝަރީފު

26 Nov 2019 | 12:45

ސަލާމަތީ ހިދުމަތްތަކުގެ އަގުވައްޓައިނުލުމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފު މިފަދައިން ވިދާޅުވީ، ސަލާމަތީ ހިދުމަތްތަކުން އަނދިރި ދައުލަތަށް ބައިއަތު ހިފައިފި ކަމަށް ވިދަލުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މަޖިލީހުގައި ދެއްކެވި ވާހަކަފުޅާއި ގުޅިގެން މިރޭ ކުރެއްވި ޓުވީޓެއްގައެވެ.

އާދަމް ޝަރީފު ވިދާޅުވީ، ސަލާމަތީ ހިދުމަތްތަކުގެ ހުރުމަތާއި އިމްތިޔާޒުތަކަށް ގެއްލުންލިބޭގޮތަށް ސަރުކާރާއި މަޖިލީހުން ކަންކަން ކުރުމަކީ އެ މުައައްސަސާތަކުގެ ގާނޫނީ ޒިންމާ އަދާކުރުމަށް ހުރަސްއެޅޭނެ ކަމެއް ކަމަށެވެ.

''ޒިންމާ އަދާނުކުރެވޭނަމަ ލީޑާޝިޕް ބަދަލުކުރުމަކީ ސަރުކާރުގެ ޒިންމާއެއް. އަގުވައްޓައިނުލާ.'' އާދަމް ޝަރީފު ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވީ، ފުލުހުންގެ މުައައްސަސާ ފެއިލްވެފައިވާކަމަށެެވެ. ސަރުކާރަށް ތާއީދުކުރާ މެންބަރުން ސަލާމަތީ ބާރުތަކަށް ފާޑުކިޔުންތައް އަމާޒުކޮށްފައިވަނީ ކައިވެނިން ކޯޓުން ބޭރުން 13 އަހަރުގެ ކުއްޖަކު ކައިވެނިކޮށް، އެކުއްޖާ ބަލިވެއިން މައްސަލަ ތަހުގީގު ނުކުރުމުންނެވެ. ފުލުހުން ބުނެފައިވަނީ އެފަދަ ކަމެއް ހިނގިކަން ފުލުހުންގެ އިދާރާއަށް އެނގިފައި ނުވާކަމަށެވެ.

Advertisement

ކޮމެންޓް