ނިޔާޒަކީ އެމްޑީޕީގެ ލާމަރުކަޒީ ނޫރާނީ: ރައީސް ނަޝީދު

28 Nov 2019 | 10:55

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒަކީ އެމްޑީޕީގެ ލާާމަރުކަޒީ ނޫރާނީކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އިއްޔެގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ މެންބަރު ނިޔާޒަކީ ގާނޫނު އަސާސީގެ ދަށުން ދިވެހިރާއްޖެ ލާާމަރުކަޒުކޮށް ހިންގަން ފެށުނުއިރު، މެދު އުތުރު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރކަމުގެ މަގާމު އަދާކުރެއްވި ފަރާތްކަމަށެވެ. ނިޔާޒަކީ ހަގީގަތުގައި އެމްޑީޕީގެ ލާމަރުކަޒީ ނޫރާނީކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނިޔާާޒަކީ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގެ މުގައްރިރުކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ބަޖެޓް މިހާރު އޮތްގޮތަށް މަޖިލީހަށް ލިބުމުގައާއި ލާމަރުކަޒީ ނިޒާމުގެ ގާނޫނަށް އިސްލާހު ގެނައުމުގައި ހުރިހާ މެންބަރުންވެސް އެހީތެރިވެލައްވާ ކަމަށެވެ.

އަދި އެކަން ހިނގަމުންދަނީ ލާމަރުކަޒީ ކޮމެޓީގެ ބެލުމުގެ ދަށުންކަމަށްވެސް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް