މަދަނީ އިޖުރާއަތުގެ ބިލު، އާންމުންގެ ޚިޔާލަށް ހުޅުވާލައިފި

12 Dec 2019 | 23:41

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ މަދަނީ އިޖުރާއަތުގެ ބިލު، އާންމުންގެ ޚިޔާލަށް މިއަދު ހުޅުވާލައިފި އެވެ.

މަދަނީ އިޖްރާއާތުގެ ބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ މަދަނީ އިޖުރާއަތުގެ ބިލަށް އާންމުންގެ ހިޔާލަށް މީގެކުރިންވެސް ހުޅުވައިލިއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަދަނީ އޖުރާއަތުގެ ބިލު އަނެއްކާވެސް އާންމުންގެ ހިޔާލަށް ހުޅުވާލީ އަންނަ އަހަރު މަޖިލީހުގެ ދައުރު ފެށި، އެ ބިލުގެ މަސައްކަތް ކުރުމާ ހަމަޔަށް ވެސް ވީހާ ވެސް ގިނަ ބައެއްގެ ހިޔާލު ހޯދައި، ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ކަމަށެވެ.

އެހެންކަމުން އެ ބިލާ ބެހޭގޮތުން ހިޔާލެއް ހުށަހަޅަން ބޭނުންވާ ނަމަ ނޮވެންބަރު މަސް ނިމުމުގެ ކުރިން އީމެއިލް ނުވަތަ ސިޓީ މެދުވެރިކޮށް އެ އޮފީހަށް ހިޔާލު ހުށަހެޅޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

މަދަނީ އިޖްރާއަތުގެ ބިލަކީ މަދަނީ ދައުވާތައް ކޯޓުތަކަށް ހުށަހެޅުމުގެ އިޖްރާއަތްތަކާއި ދައުވާ ކުރުމުގެ މުއްދަތުތައް ކަނޑައެޅުމާއި އެފަދަ މައްސަލަތައް ބެލުމުގައި ކޯޓުތަކުގެ ބާރުތަކާއި ޒިންމާތައް ކަނޑައެޅުމުގެ ބިލެކެވެ.

އޭގެއިތުރުން މައްސަލަތަކުގެ ކުޑަ ބޮޑު މިނަށް ބަލައި، ވަކި ކެޓަގަރީތަކަކަށް މައްސަލަތައް ބަހާލައިގެން ޚާއްސަ އިޖްރާއާތުތަކެއް ދަށުން މައްސަލަތައް ބެލުމާއި ހެކިބަސް ނެގުމާއި ޝަރީއަތްތަކާ ގުޅިގެން ހިނގާ ހަރަދުތަކަށް ޒިންމާ ކުރުވުމުގެ އުސޫލުތައް ބަޔާންކުރާ ބިލެކެވެ.

އަދި ވަގުތީ އަމުރު ނެރުމާއި ހުކުމްތައް އިސްތިއުނާފް ކުރުމާއި ހުކުމްތައް ތަންފީޒު ކުރުމުގެ ޚާއްސަ އުސޫލުތަކެއް ވެސް އެ ބިލުގައި ހިމަނާފައި ވެއެވެ.

މަދަނީ އިޖްރާއަތުގެ ބިލު އެކުލަވާލާފައިވަނީ ރާއްޖެއިން ބޭރުގެ ކޮންސަލްޓެންޓެއްގެ އެހީގަ އެވެ. މިހާރު އަމަލުކުރާ ޖިނާއީ އިޖްރާއާތުގެ ގާނޫނާއި ގާނޫނުލް އުގޫބާތު ވެސް އެކުލަވާލީ ރާއްޖެއިން ބޭރުގެ ކޮންސަލްޓެންޓެއްގެ އެހީގަ އެވެ.

Advertisement

ކޮމެންޓް