ކުދިންނަށް ވެކްސިން ނުދޭ މައްސަލައާއި މެދު ބޮޑެތި ކަންބޮޑުވުންތަކެއް!

16 Dec 2019 | 15:16

ގާނޫނުގެ ދަށުން ކުޑަކުދިންނަށް ދިނުން ލާޒިމްކޮށްފައިވާ ވެކްސިންތައް ނުދޭ މައްސަލަތައް އިތުރުވަމުންދާތީ އެކަމާއި ބެހޭގޮތުން ކަމާއިބެހޭ މުއައްސަސާތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިފަރާތްތަކުން ވެކްސިން ނުދޭ މައްސަލައާއި މެދު ކަންބޮޑުވުން ފާޅުކޮށްފައިވަނީ ކްރޮސްރޯޑް މޯލްޑިވްސްގައި ކުރިއަށްދާ ވިޔަވަތި ރާއްޖެ ކޮންފަރެންސްގައި، ދީީނުގެ ނަމުގައި ހަރުކަށި ފިކުުރު ފެތުރެމުންދިޔުމާއި ގުޅޭގޮތުން މިއަދު ކުރިއަށްގެންދިޔަ ސެޝަނެއްގައެވެ.

މި ސެޝަންގައި ޕްރެޒެންޓޭޝަނެއް ހުށައަޅުއްވައިދެއްވަމުން އެމްއެންޑީއެފްގެ ކާނަލް ނައީމް ވިދާޅުވީ އިސްލާާމީ ތައުލީމް ފިޔަވައި އެހެން ތައުލީމް ދިނުމަކީ ހުޅަނގުގެ ފިކުރެއްކަމަށް ހަރުކަށި ފިކުރުގެ މީހުން ގަބޫލުކުރާކަމަށެވެ. އެގޮތުން ކުދިން ސްކޫލަށް ނުފޮނުވުމުގެެ 250އެއްހާާ މައްސަލަ ރިޕޯޓްކޮށްފައިވާކަމަށް އެބޭފުޅާ ވަނީ ހާމަކުރައްވާފައެވެ.

މީގެ އިތުރުން ކުދިންނަށް ވެކްސިން ލިބުމުގެ ހައްގުން މަހުރޫމްވުމުގެ މައްސަލަތައްވެސް ޖެންޑާ މިނިސްޓްރީއަށް ލިބެމުންދާކަމަށް ވަނީ ބުނެފައެވެ. ނައީމް ވިދާޅުވި ގޮތުގައި ދުރާލާ ބަލިތަކުން ރައްކާތެރިވުމަކީ، ﷲ އަށް ވަކީލުކުރުމާއި ދެކޮޅުވުން ކަމުގައި ހަރުކަށި ފިކުރުގެ މީހުން ދެކެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ދާދިފަހުން ވަނީ ދަރިންތައް ސްކޫލަށް ނުފޮނުވާ ވެކްސިން ނުޖަހާ މައްސަލައިގައި މައިންބަފައިން ހައްޔަރުކޮށް، ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ގެނެސްފައެވެ. 

Advertisement

ކޮމެންޓް