ޕާކިސްތާާނު އެމްބަސީގެ ބޮޑު އެހީއެއް ޒުވާން ކްރިކެޓް ކުޅުންތެރިންނަށް!

21 Jan 2020 | 10:45

ދިވެހިރާއްޖޭގައި ގާއިމްކޮށްފައިވާ ޕާކިސްތާނު އެމްބަސީގެ ފަރާތުން ރާއްޖޭގެ ޒުވާން ކްރިކެޓް ކުޅުންތެރިންނަށް ބޮޑު އެހީއެއްް ފޯރުކޮށްދީފިއެވެ.

ޕާކިސްތާނު އެމްބަސީން މައުލޫމާތުދޭ ގޮތުގައި އެފަރާތުން ފޯރުކޮށްދީފައިވަނީ ރާއްޖޭގެ ޖޫނިއާ ކްރިކެޓް ކުޅުންތެެރިން، ކްރިކެޓް ކުޅޭއިރު ލާނެ އަންނައުނެވެ. މިތަކެތި ކްރިކެޓް ކޮންޓްރޯލް ބޯޑް އޮފް މޯލްޑިވްސްއާއި ހަވާލުކޮށްދިނީ ޕާކިސްތާނުގެ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔަޑް) އަކްރަމް ވަސީމެވެ.

އެފަރާތުން ޒުވާން ކުޅުންތެރިންނަށް ފޯރުކޮށްދީފައިވަނީ 1735 ޓީޝާޓާއި،500 ޓްރެކްޝޫޓާއި އަދި 765 ތޮތްޕެވެ.

ޕާކިސްތާާނުން ވަނީ ރާއްޖޭގެ ކްރިކެޓް ކުރިއެރުވުމަށް އެގައުމުން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ބުނެފައެވެ.

Advertisement

ކޮމެންޓް