ކޮރޯނާ ވައިރަސް ފެތުރިފައިވާ ގައުުމުތަކަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރަން އިލްތިމާސްކޮށްފި

31 Jan 2020 | 02:01

ކޮރޯނާ ވައިރަސް ފެތުރިފައިވާ ގައުުމުތަކަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރަން އިލްތިމާސްކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޗައިނާގައި ނޮވެލް ކޮރޯނާ ވައިރަސް ނުހަނު ބާރަށް ފެތުރެމުންދާތީ، މިވަގުތު ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތެއްގައި މެނުވީ، ދިވެހިން ޗައިނާއަށް ދަތުރުނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

އަދި މި ބަލި ފެތުރެމުންދާ އެހެން ޤައުމުތަކަށްވެސް، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށްވެސް އިލްތިމާސްކުރާކަމަށްވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން ދިވެހިން ބޭރު ޤައުމުތަކަށް ދަތުރުކުރާއިރު އެ ޤައުމެއްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ނުވަތަ އެޤައުމާ އެންމެ ކައިރި ދިވެހި އެމްބަސީއެއްގައި ރަޖިސްޓްރީވުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހިން އެ ދިރިއުޅޭ ޤައުމެއްގެ ކަމާބެހޭ ސިއްޙީ އިދާރާތަކުން ދެއްވާ އިރުޝާދުތަކަށް ސަމާލުކަންދިނުމަށާއި އަމަލުކުރުމަށްވެސް ވަނީ އެދިފައެވެ.

Advertisement

ކޮމެންޓް