ބޭރުގެ މީޑިއާތަކުގެ ސުރުޙިތަކަށް ރާއްޖޭގެ ރިޔާސީ އިންތިޙާބް

23 Sep 2018 | 20:11

މިއަދު ހެދުނު ރާއްޖެ ގަޑިން ހެދުނު 7.00 ފެށުނު ރިޔާސީ އިންތިހާބު ކުރިއަށް ގެންދާއިރު ބޭރުގެ ބޮޑެތި މީޑިއާތަކުން ރާއްޖޭގެ އިންތިޚާބުގެ ކަވަރޭޖް ގެނެސްދެމުން އެބަގެންދެ އެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގަ އާއި އަވަށްޓެރި ބައެއް ގައުމުތަކުގައި ވޯޓުލުން ކުރިއަށް ގެންދާއިރު، ދުނިޔޭގެ އެންމެ މަޝްހޫރު މީޑިއާތައް ކަމަށްވާ ބީބީސީ އާއި އަލްޖަޒީރާ އާއި ރޮއިޓާސްގެ އިތުރުން އެމެރިކާގެ ފޮކްސް ނިއުސްގެ އިތުރުން އިންޑިއާގެ އެންމެ މަޝްހޫރު އެއް މީޑިއާ ކަމަށްވާ ޓައިމްސް އޮފް އިންޑިއާ އިން ވެސް ގެންދަނީ ރާއްޖޭގެ އިންތިޚާބާ ބެހޭ މައުލޫމާތުތައް ގެނެސްދެމުންނެވެ. އިންތިޙާބް ކަވަރޭޖް ގެނެސްދިނުމަށް ބޭރުގެ 30 މީހަކަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުއްދަ ދީފައެވެ.

މީޑީއާ ތަކުގެ އިތުރުން ބައެއް ޖަމްއިޔާތަކުގެ މޮނީޓަރުންނާއި އޮބްޒާވަރުންނަށްވެސް ފުރުސަތުވަނީ ދީފައެވެ. ނަމަވެސ އޭގެ ތެރެއިން ބައެއް މީހުންނަށް ވިސާ ލިބުމުގެ މައްސަލަތައް ކުރިމަތިވިކަމުގެ ޝަކުވާ ކުރިމަތިވި އެވެ. އެކަމާ ގުޅިގެން އިމިގްރޭޝަނުން ބުނެފައިވަނީ ބައެއް ފަރާތްތަކަށް ވިސާ ނުލިބެނީ އެ މީހުންގެ ސްޕޮންސަރުން އިމިގްރޭޝަނަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުން ކަމަށެވެ.


Advertisement

ކޮމެންޓް