ކަރަންޓީން ފުރިހަމަ ކުރުމަށްފަހު 7ދިވެހިން ރާއްޖެއަށް އަތުވެއްޖެ

18 Feb 2020 | 11:48

ކޮރޯނާ ވައިރަހާާއި ގުޅިގެން ޗައިނާގެ ވޫހާން ޝަހަރުން ނެރެވުނު ދިވެހިން، ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރުމަށްފަހު އަނބުރާ ދިވެހިރާއްޖެއަށް އަތުވެއްޖެއެވެ.

މިއަދުގެ ވަގުތެއްގައި އެފަރާތްތަކުން އިންޑިޔާއިން ދިވެހިރާއްޖެއަށް އައުމުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލޯންޖުން އެފަރާތްތަކަށް މަރުހަބާ ކިޔާފައިވަނީ ފޮރިން މިނިސްޓްރީގެ އިސް ފަރާތްތަކެވެ.

އެއާރ އިންޑިޔާގެ ޚާއްސަ ފްލައިޓެއްގައި އެފަރާތްތަކުން ވޫހާން ޝަހަރުން ބޭރަށް ގެންދިއުމަށްފަހު، އިންޑިޔާގައި ވަނީ 14ދުވަހުގެ ކަރަންޓީންގެ މުއްދަތެއް ވޭތުކޮށްފައެވެ. މި މުއްދަތުގައި އެފަރާތްތައް އެގައުމުގެ ސިފައިންގެ ކޭމްޕެއްގައި ތިބީ އިންޑިޔާ ސަރުކާރުގެ ޚާއްސަ މެހެމާނުންގެ ގޮތުގައެވެ.

ދާދިފަހުން މީސް މީޑިޔާގައި ވަނީ އެފަރާތްތަކުގެ ވީޑިޔޯ އިންޓަރވިއުއެއް އާންމުކޮށްފައެވެ.

އެ ވީޑިޔޯގައި އެފަރާތްތަކުން ވަނީ އެތަނުގެ ޚިދުމަތްތަކާއި މެދު ހިތްހަމަޖެހޭ ކަމަށާއި، ކޮންމެ ދުވަހަކު ހާލަތު ބެލުމަށް ޑޮކްޓަރުންވެސް އަންނަކަމަށް ބުނެފައެވެ.

Advertisement

ކޮމެންޓް