ރިޕޯޓް
16 Mar 2020 | 10:19
ވޮއިސް އިންވެސްޓިގޭޓް: ޖީއެމްއާރަށް އެއަރޕޯޓްދިނުމުގެ ފަހަތުގައިވާ ބޮޑު ވައްކަން!

އިންޑިޔާގެ އަމިއްލަ ވިޔަފާރިވެރިއެއްކަމުގައިވާ އަދި މެކޭނިކަލް އިންޖިނިއަރެއްކަމުގައިވާ ގްރަންދި މަލިކަރްޖުނާ ރާއޯ ނުވަތަ ޖީއެމް ރާއޯ 1978 ވަނަ އަހަރު އުފެއްދި ކުންފުންޏެއްކަމުގައިވާ، ޖީއެމް ރާއޯ ގްރޫޕްއަށް ( ޖީއެމްއާރް ގްރޫޕް ) ދިވެހި ރާއްޖޭގެ ރަސްމީ ވައިގެބަނދަރު ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން 2010ވަނަ އަހަރު ދޫކުރުމަށްކުރި އެއްބަސްވުން، 2012 ވަނަ އަހަރު މުހައްމަދު ނަޝީދުގެ ސަރުކާރު ބަދަލުވުމާއެކު ދެން އައި ސަރުކާރުން ބާތިލްކޮށް ދިވެހި ދައުލަތުން 271 މިލިޔަންޑޮލަރުގެ ބޮޑު ބަދަލެއް އާބިޓްރޭޝަންގެތެރެއިން ނިންމައި ޖީއެމްއާރް ގްރޫޕަށް ދިނުމަށްފަހު އެއަރޕޯޓްގެ މިލްކުވެރިކަން އަނބުރައި އަތުލި އަތުލުން މިވަނީ އަޅުގަނޑުމެންގެ ތާރީޚްގެ ތެރެއަށް ވަދެގެންގޮސްފައެވެ. ވަރަށްގިނަ ސިޔާސީ ޑްރާމާތައް ރާއްޖޭގެ ރަސްމީ ވައިގެބަނދަރު ޖީއެމްއާރްއަށް ދިނުމާއި އެއްކޮޅު މީހުންނާ ދެކޮޅު މީހުންގެ ފުށުން އަޅުގަނޑުމެން ދެކެފީމެވެ. އެއްކޮޅު މީހުންގެ އާގިއުމަންޓަކީ އެކަމުން ދިވެހި ދައުލަތަށް ލިބެން އޮތް ބޮޑު ފައިދާއެކެވެ. ދެކޮޅު މީހުން، އެކަމުން ދިވެހި ދައުލަތަށް ލިބޭ ގެއްލުމުގެ ބޮޑު ކަމުގެ ވާހަކައެކެވެ. އެކަމަކު މިދެބައިމީހުންކުރެ ބަޔަކަށް އަސްލު މިއެއްބަސްވުމުގެ ފަހަތުގައިވާ ސްޓޯރީއެއް އެގޭހެންނެއް ހިއެއްނުވެއެވެ.

ކޮންމެ ގޮތަކަށް ވާހަކަ ދެއްކިޔަސް މިއީ 100 އެއްހާ އަހަރުވަންދެން ދިވެހި އިގްތިސާދުކޮންޓްރޯލްކޮށް ދިވެހި ދައުލަތަށާއި ދިވެހި ރައްޔިތުންނަށް ނުހަނު ބޮޑެތި ދުއްތުރާޖައްސައި ބަނޑަށް ޖެއްސި އިންޑިޔާގެ ވޯރާ ވިޔަފާރިވެރިން، ރައީސް އިބްރާހިމް ނާސިރުގެ ހިކުމަތު އަމަލީން ބޭރުކޮށްލިފަހުން، ދިވެހި އިގްތިސާދު އޭގެ މައްޗަށް ބިނާވެފައިވާ އެއަރޕޯޓްގެ ކޮންޓްރޯލް އިންޑިޔާގެ ވިޔަފާރިވެރިއެއްގެ އަތްމައްޗަށް ދޫކޮށްލެވުނު ފުރަތަމަ ފަހަރެވެ. ތާރީޚީ ނަޒަރަކުން ބަލާނަމަ ވޯރާ ވިޔަފާރި ވެރިޔަކު ފުރަތަމަ މާލެ ގެނެއުމުގެ ޕްލޭނާއި ޖީއެމްއާރް ގްރޫޕު އޯނަރ އަދި އިންޑިޔާގެ ސަރުކާރަށް ނުފޫޒު ފޯރުވާ މި ވިޔަފާރިވެރިޔާއާއެކުވީ އެއްބަސްވުމާ، މިއީ ދަންނަ މީހުންގެ ގާތުގައި ދާދި އެއްކަހަލަ މަންޒަރެއް ފެންނަ ދެކަމެކެވެ. މިއީ ބޭރުގެ ވިޔަފާރިވެރިއެއްގެ އަތްމައްޗަށް ދިވެހި ރާއްޖެއަށްވަންނަ މައިދޮރާށީގެ ތަޅުދަނޑި ދޫކޮށްލެވުނު ފުރަތަމަ ފަހަރެވެ. ޖީއެމްއާރްއަށް ރާއްޖޭގެ މައި އެއަރޕޯޓްދިނުމުގެ ފަހަތުގައި ހުންނެވީ ސީދާ އޭރުގެ ރައީސް މުހައްމަދު ނަޝީދުކަންދޭހަވާގޮތަށް ވެރިކަމުގައި ހުންނަވައިގެންނާ އަދި އިސްތިއުފާދެއްވުމަށްފަހުވެސް ވާހަކަފުޅު ދައްކަވާފައިވެއެވެ. އެމްޑީޕީއަށް އަލުން ދިވެހި ރާއްޖޭގެ ވެރިކަން ލިބުނަސް ޖީއެމްއާރަށް އަލުން އެއަރޕޯޓްދޭނެކަމަށް އެތައް އެއްވުންތަކެއްގައި ނަޝީދު ވިދާޅުވެފައިވެއެވެ. އަދި ޖީއެމްއާރުގެ ވެރިންނާއެކު އެއަރޕޯޓާގުޅޭ އެކިއެކި ރަސްމިއްޔާތުތަކުގައި ސީދާކޮށް އެމަނިކުފާނު ބައިވެރިވެވަޑައިގެންފައިވެއެވެ. ޖީއެމްއާރް އެއްބަސްވުމުގެ ފަހަތުގައި ހުންނެވ ރައީސް ނަޝީދޭ ބުނެފިނަމަ އެއްކޮޅު މީހުންނާ ދެކޮޅު މީހުންގެ ގާތުގައިވެސް އެކަމަށް ދެކޮޅުހަދާނެ މީހަކު ނުފެނިދާނެއެވެ. އެހާވެސް ސާފު ކަމެކެވެ.

ޖީއެމްއާރާއެކު ހެދި އެއްބަސްވުން ދިފާއުކުރައްވައި އެމަނިކުފާނު ވަކާލާތުކުރައްވާލެއް ގިނަކަމުން އެމަނިކުފާނުގެ ފޮލޯވަރުންނަށް ގަބޫލުކުރެވިފައިވަނީ މިއީ ވަރަށް ފައިދާހުރި އެއްބަސްވުމަކަށްވާނެކަމަށެވެ. މިއެއްބަސްވުމާގުޅޭ މާބޮޑު އަޑިނޭގޭކަންތައްތަކެއް ހުރެދާނެކަމަށް ގަބޫލުކުރާ މީހަކު ފަހަރުގައި ނުހުރެދާނެއެވެ. އެކަމަކު ވޮއިސްއިން ބަލައިހޯދި ހޯދުންތަކަކުން ކުރިން ފާޅުވެފައިނުވާ ވަރަށް އެހެންކަހަލަ ކަންތައްތަކެއް ދެނެގަނެވިއްޖެއެވެ. ޖީއެމްއާރްއާއެކު ހެދިއެއްބަސްވުމާގުޅޭގޮތުން ނަޝީދުގެ ސަރުކާރަށްފަހު އެމްއޭސީއެލްގެ ބޯޑުގައި ހަރަކާތްތެރިވި އެކިބޭފުޅުންނާއި އަދި ކަންކަން ސަރުކާރުތެރެއިން ރަނގަޅަށް އޮޅުފިލާވަޑައިގަންނަވާ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާ ބައްދަލުކޮށް ވޮއިސްއިން ހޯދި ހޯދުންތަކުން ޖީއެމްއާރް އެއްބަސްވުމުގެތެރެއިން ވަރަށް ބޮޑު ވައްކަމެއް ހިންގާފައިވާކަން ފާހަގަކުރެވެއެވެ. މިވައްކަން އޭރު އެމްއޭސީއެލްގައި ހުރި ޑޮކިއުމަންޓްތައް ދިރާސާކުރި އޭސީސީއާއި ދައުލަތުގެ ފައިސާގެކަންކަން ތަހްގީގުކުރާ އެހެން އިދާރާތަކަށް ފަޅާއަރާފައިވެއެވެ.

އެމްއޭސީއެލްގައި، ޖީއެމްއާރުން ބަދަލުކޮށްފައިހުރި ލިޔެކިޔުންތައް ފެނިވަޑައިގެންނެވި އެއްބޭފުޅަކު ވިދާޅުވިގޮތުގައި އެއްބަސްވުން އެކުލަވާލުމުގެ މަރްހަލާގެތެރޭގައި 100 އެތައް މިލިޔަން ޑޮލަރެއް ޖީއެމްއާރުން ދިވެހި ސަރުކާރަށް ދައްކާފައިވާކަން ލިޔުންތަކުން އެގެއެވެ. އެހެންނަމަވެސް ދިވެހި ދައުލަތުގެ ޚަޒާނާއަށް މީގެތެރެއިން ވައްދާފައިވަނީ އެންމެ 78 މިލިޔަން ޑޮލަރެވެ. ބާކީހުރި ވިއްސަކަށް މިލިޔަން ޑޮލަރު ( 300 މިލިޔަނެއްހާ ރުފިޔާ) އަށް ވީގޮތެއް ނޭނގެއެވެ. އެފައިސާ ދައުލަތަށް ވައްދާފައިވާކަން އެގޭނެ އެއްވެސް ލިޔެކިޔުމެއް ނެތެވެ. މިއީ ކޮންފައިސާއެއްތޯ އޭރު ރާއްޖޭގައި ހުންނެވި އިންޑިޔާގެ ހައިކޮމަޝަނަރުކުރެން ސަރުކާރުގެ ވެރިން އެއްސެވުމުން އޭނާގެ ޖަވާބަކަށްވީ އެއީ ދެފަރާތުގެ ދެމެދުގައި އެއްބަސްވުން އެކުލަވާލުމަށް ހިންގާފައިވާ ނެގޯސިއޭޝަންތަކުގެ ޓްރާންސެކްޝަންތަކެއްކަމަށެވެ.

ކޮންމެއަކަސް 300 އެއްހާ މިލިޔަން ދިވެހި ރުފިޔާ ދައުލަތުގެ ޚަޒާނާއަށް ނުވައްދައި ސަރުކާރުގެއެތެރެއިން ބައިވެރިވި ބަޔަކު ކަހާލައިގެން ގެންދިއުމުގައި ބައިވެރިވެފައިވަނީ ކޮންބޭފުޅުންނެއްކަމެއް ސާފެއް ނުވެއެވެ.

ޖީއެމްއާރްއަށް ދިވެހި ރާއްޖޭގެ އެއަރޕޯޓް ދޫކޮށްލުމުގެ މޭސްތިރިކަމުގައި ބެލެވޭ އޭރުގެ ރައީސް މުހައްމަދު ނަޝީދު ޖީއެމްއާރާ އެއްކޮޅަށް އެހާގަދަޔަށް ހިއްޕަވާ ސަބަބެއް ސާފެއްނުވެއެވެ. އެމަނިކުފާނަކީ ވައްކަންކުރައްވާވަރަށްވުރެ ތާހިރު ދިރިއުޅުމުގެ ވާހަކަ ދައްކަވާ އުޅުއްވާ ބޭފުޅެކެވެ. މިކަހަލަ ވައްކަންކުރައްވާކަށް އެމަނިކުފާނުގެ ހިތްޕުޅަށްވެސް ހަމަ ނާންނާނެއެވެ. އެހެންވީމާ އެޝައްކު ހިތުން ފިލުވައިލީއެވެ. އެކަމަކު ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި އަދީބު ވައްކަންކުރިކަން ޔާމީނަށް އެގިވަޑައިގަންނަވާކަމަށް ގަބޫލުކުރެވެންޏާ ޖީއެމްއާރްއާއެކު ހިންގި މުއާމަލާތްތަކުގެތެރެއިން ކޮށްފައިވާ ވައްކަން ރައީސް މުހައްމަދު ނޝީދަށް އެގިވަޑައިގެންފައި އޮންނަންޖެހޭނެކަމަށް ގަބޫލުނުކުރަންވީ ސަބަބެއް އެބައޮތްތޯއެވެ.

މިއަދު އަޅުގަނޑުމެންގެތެރޭގައި މިވަނީ ވަރަށް އަބުރުވެރި އިއްފަތްތެރި ތަހްގީގުކުރުމުގެ ކުޅަދާނަކަމާއި ގާބިލްކަންހުރި އޭސީސީއެއް އުފެދިފައެވެ. އެހެންކަމުން ޖީއެމްއާރާއެކު އެއްބަސްވުންހެދުމުގައި ދައުލަތަށް ޚިޔާނާތްތެރިވި މީހުން ހޯދައިގަތުމަކީ ވަރަށް ފަސޭހަކަމަކަށްވާނެއެވެ. ލިޔެކިޔުންތައް އޭސީސީގައި ހުންނާނެއެވެ. އެކަމަކު މިއާއެކު އުފެދޭ އެހެން ސުވާލުތަކެއް އެބަހުއްޓެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވެގެން ހިންގި އެންމެ ބޮޑު ވައްކަމަކީ އެފްޕީއައިޑީގެ ވައްކަމެވެ. ވައްކަމާ ދެކޮޅުވެ، މައުމޫންގެ ސަރުކާރު ވައްޓާލަން އެފްޕީއައިޑީގެ ވާހަކަ އެންމެ ބޮޑަށް ދެއްކީ މައުމޫން ސަރުކާރާދެކޮޅަށް ނުކުތް މިއަދު އެމްޑީޕީގެ ވެރިންނެވެ. މައުމޫންގެ ވެރިކަން ނިމުނުއިރު އެވައްކަމުގެ ހުރިހައި ފައިލްތަކެއް ރައީސް އޮފީހުގައި ހުއްޓެވެ. މައުމޫނަށްފަހު ދެންވެރިކަމަށް ވަޑައިގެންނެވި މުހައްމަދު ނަޝީދުގެ ސަރުކާރުގައި އެފައިލްތަކަށް ހެދިގޮތުގެވާހަކަ ރައީސް ނަޝީދުގެ ތަރުޖަމާނު މުހައްމަދު ޒުހޭރު ހާމަކުރެއްވުމުން ހައިރާންވެ އަންތަރީސްވިއެވެ. ރައީސް އޮފީހުގައި މުހައްމަދުނަޝީދު އެމަނިކުފާނުގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަމުންގެންދަވަނިކޮށް، އަދި ދައުލަތުގެ އެންމެ މަތީ ސެކިއުރިޓީ އެތަނުގައި ގާއިމުކޮށްފައި އޮތުމާއެކުވެސް ހަތަރު ލެޕްޓޮޕެއްގައި ބަޔަކު އެފްޕީއައިޑީގެ ވައްކަމުގެ ޑޮކިއުމަންޓްތައް ރައީސް އޮފީސްތެރެއިން ކަހާލައިގެން ގެންގޮސްފިކަމަށް މީޑިއާއަށް ހާމަކުރެއްވިއެވެ. އެހިސާބުން އެފްޕީއައިޑީގެ ވައްކަމުގެ ފައިލް ލެއްޕުނީއެވެ. އެހެންޏާ މެއްސެއް، މަދިރިއަކަށްވެސް ރައީސް އޮފީހުގެ ސެކިއުރިޓީން ޗެކްކޮށްފައި ހުއްދަދިނުމުން ނޫނީ ވަދެ ނުކުމެ ނޫޅެވޭހާ ވަރުގަދަ ބެލެހެއްޓުންތެރިކަމެއް އޮންނަތަނެއްގައި، ސަލާމަތީ އެއްވެސް ކެމެރާއަކަށް ނާރުވައި އެލެޕްޓޮޕްތައް ވަގަށް ގެންގޮސްފިއޭ ބުނުމުން ވަގަށް ކަންކަން ކުރާގޮތް ހިތަށް ގެނެވެއެވެ. ހަމަ އެގޮތަށް އެމްއޭސީއެލްގައި ހުރި ޖީއެމްއާރުގެ އެއްބަސްވުމާގުޅޭ ވައްކަމުގެ ޑޮކިއުމަންޓްތައް ކަހާލައިގެން ގެންދާނެކަމާމެދު ސުވާލެއްވެސް އުފެދޭނެ ޖާގައެއް ނެތެއްނޫންތޯއެވެ. އޭސީސީގެ ކުރީގެ މެމްބަރުންގެ މައްޗަށް ޖިނާއީ ތަހްގީގެއް ހިންގަން އުޅެނީ ކޮންމެވެސް ކަމެއް ވެގެންނޫންތޯއެވެ.

ކޮންމެއަކަސް ޖީއެމްއާރްއާއެކު ހެދި އެއްބަސްވުމުގެ ފަހަތުގައި އޮތީ 300 މިލިޔަން ރުފިޔާގެ ބޮޑު ވައްކަމެއްކަން މިހާރު އެބަ އެނގެއެވެ. މިއީ ބާލިދީ އެއަރޕޯޓް ފެންވަރުމަތިކުރަން ހެދި އެއްބަސްވުމެކޭ ކިޔަނީ މީހުންގެ ސިކުނޑިއާކުޅެ އޮޅުވާލުމަށެވެ. އަޅުގަނޑުމެންނަށް މިފެނުނީ ރައީސް މައުމޫންގެ ވެރިކަމުގައިވެސް ވައްކަމެވެ. ތާހިރު ދިރިއުޅުމެއް ދައްކައިދޭނަމޭ ވިދާޅުވެ ވެރިކަމަށް ވަޑައިގެންނެވި ރައީސް ނަޝީދުގެވެރިކަމުގައިވެސް ވައްކަމެވެ. ރައީސް ޔާމީންގެ ވެރިކަމުގައިވެސް ވައްކަމެވެ. މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ވެރިކަމުގައިވެސް ވައްކަމެވެ. ދެންބުނާނީވެސް ވަކިކީކޭތޯއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.