މީރު އައިލެންޑް ރިސޯޓުން ކޮވިޑް-19އަށް ޝައްކުކުރެވޭ ބައެއް ފެނިއްޖެ

14 Mar 2020 | 09:49

ކ.އަތޮޅުގައި ހިންގާ މީރު އައިލެންޑް ރިސޯޓުން ކޮވިޑް-19އަށް ޝައްކުކުރެވޭ ބައެއް ފެނިއްޖެއެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑް-19އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިގެން މީރު އައިލެންޑް ރިސޯޓުން ބިދޭސީ ބައެއްެގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

‏ޓެސްޓުގެ ނަތީޖާ ލިބެންދެން އެމީހުން ރިސޯޓުގައި އެކަހެރިކުރެވިފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި އެ ރިސޯޓް މޮނީޓަރިންގގެ ހާލަތަކަށް ލެވިފައިވާކަމަށް ވަނީ ފާހަގަކޮށްފައެވެ.

Advertisement

ކޮމެންޓް