ފެން ޑެލިވާރ ކުރުމަށް ފުލުހުން ނިކުމެއްޖެ

18 Apr 2020 | 00:48

ފެނުގެ ޑެލިވަރީގެ ޑިމާންޑް ބޮޑުވެ ފުލުހުން ގޭތަކަށް ފެން ޑެލިވަރީ ކޮށްދޭން ނިކުމެއްޖެއެވެ.

އައިލެންޑް ބެވަރޭޖްގެ ފަރާތުން ބުނެފައިވާގޮތުގައި ކޮވިޑް-19 މާލެގައި ހަލުވިކަމާއެކު ފެތުރި ލޮކްޑައުން ކުރުމާއި ގުޅިގެން ފެނުގެ ޑެލިވަރީތަށް ގިނަވުމާއި ގުޅިގެން އެބޭފުޅުން ފުލުހުންގެ އެހީތެރިކަމަށް އެދިފައިވާކަމަށެވެ. އެހެންކަމުން ތާޒާ ފެން ފޯރުކޮށްދިނުމަށް ފުލުހުން ނުކުމެފައިވާކަމަށެވެ.

ލޮކްޑައުން އާއި ގުޅިގެން އެސްޓީއޯގެ ޑެލިވަރީއަށް ބާރުބޮޑުވުމާއި ގުޅިގެން ސިފައިންވެސް ވަނީ ޑެލިވަރީކޮށްދިނުމަށް ނިކުމެފައެވެ.

ސިފައިން އަންނަނީ އެސްޓީއޯ ސްޕަމާޓްގައި ހަރަކާތްތެރިވަމުންކަމަށާއި އެސްޓިއޯގެ ވެހިކަލްތަށް ސިފައިން ބޭނުންކުރަމުން ދާނެކަމަށް އެސްޓީއޯއިން ހާމަކުރައްވައެވެ.

އެސްޓީއޯއިން ހާމަކުރިގޮތުގައި ކަސްޓަމަރުން ދޭ އޯޑާރތަށް ގޭގަށް ގެންދިއުމަށް ބުރަމަސައްކަތްތަކެއް ކުރާކަމަށެވެ. ކޮވިޑް-19 ފެތުރުމާއި ގުޅިގެން މާލޭގެ ޑެލިވަރީ ކުީރުމުގެ ހުއްދަވަނީ 400 އަށްވުރެ ގިނަ ފިހާރަތަކަށް ދޫކުރެވިފައެވެ.

މާލެއިން ކޮވިޑް19 ގެ ކޭސް ފެނުމާއެކު މިހާރުވަނީ އިތުރު 14 ދުވަސް މާލެ ލޮކްޑައުންކުރުމަށް ނިންމާފައެވެ.

.

Advertisement

ކޮމެންޓް