ކޮވިޑް-19 އާއި ގުޅިގެން ފަރުވާދެމުންދިޔަ އުމުރުން 80އަހަރުގެ މީހާ ނިޔާވެއްޖެ

08 May 2020 | 01:16

ކޮވިޑް-19 އާއި ގުޅިގެން ފަރުވާދެމުންދިޔަ އުމުރުން 80އަހަރުގެ މީހާ ނިޔާވެއްޖެއެވެ.

މިއީ ދަރުމަވަންތަ ހޮސްޕިޓަލްގެ އެގާރަ ވަނަ ފަންގިފިލާގައި ފަރުވާދެމުންދިޔަ ކޭސް ނަންބަރު 81އެވެ. އޭނާ ނިޔާވެފައިވަނީ މިރޭ 23:30 ހާއިރުއެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ (ޑީއެޗް 11) ގައި ފަރުވާދެމުން އައި ފިރިހެން މީހާ ނިޔާވެފައިވާކަން އެ ހޮސްޕިޓަލުން އާއިލާ އަށް އަންގާފައިވާ ކަމަށް އާއިލާ އިން ހާމަކޮށްފައިވެއެވެ.

މިހާތަނަށް ކޮވިޑް-19 ގައި ރާއްޖޭގައި ނިޔާވެފައިވަނީ 2 ދިވެހިންނާއި، ބަންގްލަދޭޝްގެ ރައްޔިތެކެވެ. ދެ ދިވެހިންނަކީވެސް 80 އިން މަތީގެ، ގިނަ ދުވަސްތަކަށް ބޭސްކުރަމުން އަންނަ ދެ މީހުންކަން ފާހަގަކޮށްލަންޖެހެއެވެ.

މިދިޔަ އޭޕްރީލް 21 ގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި އެ މީހާގެ ހާލު ސީރިއަސްވެ، އައިސީޔޫ އަށް ބަދަލުކުރީ މިދިޔަ މަހުގެ 30 ގަ އެވެ.

Advertisement

ކޮމެންޓް

Advertisement