ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިއްޖެ

15 May 2020 | 15:42

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވުމުން، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިއްޖެއެވެ.

އެމްއެންޑީއެފްއިން ބުނީ މިދުވަސްވަރަކީ މޫސުން ގޯސްދުވަސް ވަރަކަށް ވުމާއެކު ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރާކަމަށެވެ.

އެގޮތުން މޫސުން ގޯސްވުމާއި ގުޅިގެން ކަނޑުމަތީގެ ތަފާތު ހާދިސާތައް ހިނގަމުންދާ ކަމުގެ މައުލޫމާތު އެންމެއެންޑީއެފްގެ ކޯސްޓްގާޑަށް ލިބެމުންދާކަމަށް ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން ކަނޑުދަތުރު ކުރައްވާ އުޅަނދުގެ އޮޑިވެރިނާއި، ކެޕްޓަނުން، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމަތު ސާފުކުރުމަށް ވަނީ އެދިފައެވެ.

އަދި އުޅަނދުގައި ލައިފްޖެކެޓާއި ، މުވާސަލާތީ ވަސީލަތްތަކާއި ، ދިޔަ ހިއްކާ ޕަންޕު ފަދަ ނިޒާމްތައް ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށާއި އުޅަނދުގައި މީހުން އުފުލުމަށް ހުއްދަ އޮތް މިންވަރަށް ވުރެ ގިނައިން މީހުން ނޫފުލުމާއި، އުޅަނދު ފަހަރަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެ ބޮޑަށް ބަރު ނުކުރުމަށް އިލްތިމާސް ކުރާކަމަށްވެސް ވަނީ ބުނެފައެވެ.

"އަދި ޚާއްސަ ކޮށް ކުދި އަނގަމަތި، ސަލާމަތީގޮތުން ރައްކާތެރިކަން ކުޑަ އުޅަނދުފަހަރުގައި ދަތުރު ކުރައްވާ އިރު ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ވެސް އިލްތިމާސް ކުރަމެވެ"، އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

އަދި ކަނޑުމަތީ ގައި އެއްވެސް ހާދިސާއެއް ހިނގައިފިނަމަ ލަސް ނުކުރައްވާ އެމް އެން ޑީ އެފް ކޯސްޓްގާޑް ހިލޭ ގުޅޭ ނަމްބަރު 191 އަށް ގުޅުމަށް އެދެއެވެ.

Advertisement

ކޮމެންޓް