ކޯޓުއަމުރެއްގެ ދަށުން އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓައިފި

12 Jul 2020 | 20:11

ކޯޓުއަމުރެއްގެ ދަށުން ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.

މިކަން ފުލުހުންވެސް ވަނީ މީޑިޔާތަކަށް ކަށަވަރުކޮށްދީފައެވެ. އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓިފައިވަނީ އޭނާގެ މައްޗަށް ބަލަމުންދާ މައްސަލަތަކާއި ގުޅިގެންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އިއްޔެގެ ވަގުތެއްގައި ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އަލީ ވަހީދު ދިރިއުޅުއްވާ ގެކޮޅު ފާސްކޮށް، އޭނާގެ ލެޕްޓޮޕާއި ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. 

އަލީ ވަހީދުގެ މައްޗަށް ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ އަދި ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތު ފެންމަތިވެ، އޭނާ ވަނީ މަގާމުން ވަކިކޮށްފައެވެ.

Advertisement

ކޮމެންޓް