29 Jun 2025
ދިވެހިރާއްޖޭގެ އެމްބަސީއެއް ޤަތަރުގައި ހުޅުވަން ރައީސް މުޢިއްޒު ނިންމަވައިފި
ޤަޠަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައި، އެ އިދާރާއަކީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.
18 Feb 2025
ޤަތަރު އަމީރު އިންޑިއާގައި
ޤަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އަލްޘާނީ އިންޑިއާއަށް ކުރައްވާ ފުރާމަނަ ދަތުރުފުޅެއްގައި އިއްޔެ އެގައުމަށް ވަޑައިގެންފިއެވެ.
08 Jan 2025
ހުޅުމާލޭ މަސްޖިދުލް ޝައިޚް ޤާސިމް ބިން އަލްޘާނީ އޭސީކޮށް އާބާތުރަފިލުވަނީ
ކުރިއަށް އޮތް ރަމަޟާން މަސް ފެށުމުގެ ކުރިން މަސްޖިދުލް ޝައިޚް ޤާސިމް ބިން އަލްޘާނީ (ހުޅުމާލެ ގްރޭންޑް މިސްކިތް) ފުލް އެއަރކޮންޑިޝަން ސިސްޓަމާއެކު އަޕްގްރޭޑް ކޮށް އާބާތުރަ ފިލުވުމުގެ މަސައްކަތް އުރީދޫ މޯލްޑިވްސް އިން ގަތަރު ޗެރިޓީ" އާއި ގުޅިގެން ކުރުމަށް އެއްބަސްވެއްޖެއެވެ.
18 Dec 2024
ޤަތަރުގެ ޤައުމީ ދުވަހުގެ ތަހުނިޔާ، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި
ޤަތަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދް އަލްޘާނީ އާއި ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޖާސިމް އަލްޘާނީއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.
12 May 2024
ޚާރިޖީ ވަޒީރު ޒަމީރު ރަސްމީ ދަތުރުފުޅެއްގައި ޤަތަރަށް ވަޑައިގެންފި
ޚާރިޖީ ވަޒީރު މޫސާ ޒަމީރު ރަސްމީ ދަތުރުފުޅެއްގައި ޤަތަރަށް ވަޑައިގެންފިއެވެ.
13 Jan 2024
އޭޝިއަން ކަޕް: ފުރަތަަމަ މެޗުގައި ލެބަނަން އަތުން ޗެންޕިއަން ގަތަރަށް ފަސޭހަ މޮޅެއް
ކުލަގަދަ ރަސްމިއްޔާތަކާއެކު އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތް ހުކުރުދުވަހުގެ ރޭ ގަތަރުގައި ފެށިއިރު، މުބާރަތުގެ ފުރަތަަމަ މެޗުގައި ވާދަކުރީ ގުރޫޕް އޭގެ ލެބަނަން އާއި މުބާރާތް ބާއްވާ ގައުމު ގަތަރެވެ. މި މެޗު ފަސޭހަކަމާއި އެކު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެންމެ ފަހުގެ ޗެމްޕިއަން ގަތަރުން ވަނީ މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ.
22 Nov 2023
4 ދުވަހަށް ހަނގުރާމަ ހުއްޓާލުމުން ރާއްޖެއިން މަރުހަބާ ކިޔައިފި
އިސްރާއީލުން ޣައްޒާއަށް ދެމުންދާ އުދުވާނީ ހަމަލާތައް 4 ދުވަހަށް ހުއްޓާލުމަށް ހަމާސް އާއި އިސްރާއީލާއި މެދު އެއްބަސް ވުމުން ރާއްޖެއިން މަރުހަބާ ކިޔައިފިއެވެ.
27 Oct 2023
އިޒްރޭލަށް ޖާސޫސްކޮށްދިން އިންޑިއާ ބަޔަކު މަރަން ހުކުމެއް
އިޒްރޭލަށް ޖާސޫސްކޮށްދިން ކަމުގެ ކުށް ސާބިތުވި އިންޑިއާގެ އަށް މީހަކަށް ގަތަރުން މަރުގެ ހުކުމް އިއްވައިފި އެވެ.