ޚާރިޖީ ވަޒީރު މޫސާ ޒަމީރު
ހަބަރު
22 Nov 2023 | 17:54
ހަނގުރާމަ 4 ދުވަހަށް ހުއްޓާލަން އެއްބަސްވުމުން ރާއްޖެއިން މަރުހަބާ ކިޔައިފި

އިސްރާއީލުން ޣައްޒާއަށް ދެމުންދާ އުދުވާނީ ހަމަލާތައް 4 ދުވަހަށް ހުއްޓާލުމަށް ހަމާސް އާއި އިސްރާއީލާއި މެދު އެއްބަސް ވުމުން ރާއްޖެއިން މަރުހަބާ ކިޔައިފިއެވެ.

ޤަޠަރުގެ ޚާރިޖިއްޔާއިން މި އެއްބަސްވުން އިއުލާނުކުރުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއް ހިއްސާ ކުރައްވަމުން ޚާރިޖީ ވަޒީރު މޫސާ ޒަމީރު ކުރެއްވި ޕޯސްޓެއްގައި ވަނީ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ވަގުތީ ގޮތުން ހަމަލާތައް ބަދަލުކުރުމަށް އެއްބަސްވުމުން އެކަމަށް ދިވެހިރާއްޖެއިން މަރުހަބާ ކިޔާ ކަމަށް ވިދާޅުވެފައެވެ. 

"ގަތަރުން މެދުވެރިއަކަށް ހުރެ، އެހެން ޤައުމުތަކުންވެސް ގުޅިގެން، މި ދަތި ދަނޑިވަޅުގައި، ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފުކުރަން." ޒަމީރު ވިދާޅުވިއެވެ.

ހަމަމިއާއިއެކު ހަނގުރާމަ މުޅިން ހުއްޓާލުމަށް ރާއްޖެއިން އިން ތަކުރާރުކޮށް ގޮވާލާކަމަށް މިނިސްޓަރ ގެ ޓްވީޓްގައި ވެއެވެ.

ގަތަރުން އިސްވެ ހުރެ ކުރިއަށް ގެންދިޔަ މި މަޝްވަރާ ބައްދަލުވުން ތަކުގައި މިސްރާއި އެމެރިކާގެ އިތުރުން ޔަހޫދީ އިސްޒްރޭލާއި ހަމާސް އިން ވަނީ ބައިވެރި ވެފައެވެ.

މި އެއްބަސްވުމުގެ ދަށުން އިސްރާއީލުން ވަނީ ގާޒާގައި ކުރަމުންދާ ހަނގުރާމަ ހަތަރު ދުވަހަށް ހުއްޓާލުމަށާއި ބަންދުކޮށްފައި ތިބި 50 އަސީރުން މިނިވަން ކުރުމަށް އެއްބަސްވެފައެވެ.

އަދި އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ފަލަސްތީނުގެ 150 އަންހެނުންނާއި ކުޑަކުދިން މިނިވަން ކުރަން ވަނީ ނިންމާފަ އެވެ.

މި 24 ގަޑިއިރުގެ އިތުރުން ކުރިއަށް އޮތް 4 ދުވަހަށް ފަލަސްތީނަށް އެހީ ވެއްދޭނެ ކަމަށް ގަތަރުން ވަނީ ބުނެފައެވެ. އަދި ގަތަރުން ވަނީ ގަތަރުގެ ސިފައިންން ވަނީ ދެ  މިލިޓަރީ މަތިންދާބޯޓު މިއަދު ވަނީ ކާބޯތަކެއްޗާއި ބޯހިޔާވަހިކަމުގެ ސާމާނުން އެކުލެވޭ 93 ޓަނުގެ އެހީ ހިފައިގެން މިސްރުގެ އަލް އަރީޝް ސިޓީއަށް ދަތުރުކޮށްފައެވެ. ގަތަރު ފަންޑް ފޯ ޑިވެލޮޕްމަންޓް ، ގަތަރު ރެޑް ކްރެސެންޓް ސޮސައިޓީ ، އަދި ގަތަރު ޗެރިޓީ އިން ޣައްޒާއަށް ގެންދިއުމަށް ހަމަޖެހިފައިވާ  ޖުމްލަ 492 ޓަނުގެ އެހީ އުފުލާ 13 މަތިންދާބޯޓު ދަނީ ތައްޔާރުކުރަމުންނެވެ.

4 ދުވަހަށް ހަނގުރާމަ މެދުކަނޑާލަން އެއްބަސްވި ނަމަވެސް މިއީ ހަނގުރާމަ ހުއްޓައިލުން ނޫން ކަމަށާއި، ހަނގުރާމަ މެދުކަނޑައިލީ ކަމަށް އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.