ދުނިޔެ
27 Oct 2023 | 14:31
އިޒްރޭލަށް ޖާސޫސްކޮށްދިން ކަމުގެ ތުހުމަތުގައި ގަތަރުން އިންޑިއާ އަށް މީހަކު މަރަން ހުކުމްކޮށްފި

އިޒްރޭލަށް ޖާސޫސްކޮށްދިން ކަމުގެ ކުށް ސާބިތުވި އިންޑިއާގެ އަށް މީހަކަށް ގަތަރުން މަރުގެ ހުކުމް އިއްވައިފި އެވެ.

އިންޑިއާ މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި އަށް މީހުންނަކީ އިންޑިއާގެ ކަނޑުގެ ސިފައިންގެ ރިޓަޔަރޑް އޮފިސަރުންތަކެކެވެ. އަދި ގަތަރު ސަރުކާރަށް ސަބްމެރިން ޕްރޮގްރާމެއްގައި ލަފާ ދިން އަމިއްލަ ކުންފުންޏެއް ކަމަށްވާ އަލް ދަހްރާގައި ވަޒީފާ އަދާކުރާ ބައެކެވެ. އަލް ދަހްރާ އަކީ ސަލާމަތީ އެކި ކަންކަމާ ގުޅޭ ގޮތުން ލަފާދޭ ކުންފުންޏެކެވެ. އަދި މި 8 މީހުން މަސައްކަތް ކޮށްފައިވާ ބައެއް ޕްރޮޖެކްޓް ތަކަކީ ވަރަށް ނާޒުކު ޕްރޮޖެކްޓް ކަމަށްވެސް ބުނެފައިވެއެވެ. 

އިޒްރޭލަށް ޖާސޫސްކުރުމުގެ ތުހުމަތަށް އެ އަށް މީހުން ހައްޔަރު ކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނާއިރު، އެއިރުން ފެށިގެން އިންޑިއާ ސަރުކާރުން އެމީހުން ސަލާމަތްކުރުމަށް މަސައްފަށާފައިވާ ކަމަށްވެސް ބުނެފައިވެއެވެ. އެހެން ނަމަވެސް އެކަން ކާމިޔާބު ނުވެ އުޅެނިކޮށް މި އަހަރުގެ މާރިޗު މަހުގައި މައްސަލައިގެ އަޑުއެހުންތައް ފެށިގެން ދިޔަ ކަމަށްވެސް ބުނެފައިވެއެވެ. 

މި މީހުންގެ މަރުގެ ހުކުމް އިއްވުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ އެ މައްސަލާގައި އެ ފަރާތްތަކުގެ އާއިލާއާ ވާހަކަދައްކަމުންދާ ކަމަށެވެ. އަދި މައްސަލަ ވަރަށް ގާތުން ބަލަމުންދާ ކަމަށާ، އެކަމުގައި ގަތަރު ސަރުކާރާ ވާހަކަ ދައްކައި އެމީހުން ސަލާމަތްކުރުމަށް އެޅެން ހުރި ފިޔަވަޅެއް އަޅާނެ ކަމަށްވެސް ބުނެފައިވެއެވެ. 

"މި އެންމެންގެ އާއިލާތަކާއި ގާނޫނީ ޓީމާ އެކު މި ދަނީ މަސައްކަތްކުރަމުން. މި ކަމުގައި ހުރިހާ އިހްތިޔާރެއްގެ ވެސް ބޭނުންކުރާނަން،" އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.