05 May 2025
މަސްތުގެ ޙާލަތުގައި ހުރެ ލޯންޗު ދުއްވި މީހަކު ހައްޔަރުކޮށްފި
4 މެއި ވީ އާދީއްތަ ދުވަހުގެ ރޭ ކ. އަތޮޅު ވާދޫ ރިސޯޓާ ދިމާއިން ކަނޑުއޮޅީގެ ބޭރުން ލޯންޗަކާއި ފެރީ ދޯންޏެއް ޖެހި އެކްސިޑެންޓުވި މައްސަލައިގައި މަސްތުގެ ހާލަތުގައި ހުރެ ލޯންޗު ދުއްވި މ. ކޮޅުފުށި / ޒަހީރާމަންޒިލް، ނާޝާދު ވަލީދު މުޙައްމަދު (41އ) ހައްޔަރުކޮށްފިއެވެ.