ހިތިގަސްމަގުގައި ހިނގި އެކްސިޑެންޓް.. ފޮޓޯ: ވޮއިސް
ހަބަރު
02 Nov 2025 | 13:48
ފޭސް ދޭއް ހިތިގަސްމަގުގައި ކާރަކާއި ސައިކަލެއްޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ހުޅުމާލެ ފޭސް ދޭއް، ވިނަރެސް ޓަވަރުތައް ހުންނަ ހިތިގަސްމަގުގައި ކާރަކާއި ސައިކަލެއްޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓްގައި ހިނގާފައިވަނީ ހިތިގަސްމަގު ވިނަރެސް 6 ވަނަ ޓަވަރުކައިރީ ހިޔާކޮޅަށް ދާން އޮންނަ ލޭނުގައި ކާރަކާ ސައިކަލެއް ޖެހިގެންނެވެ.

މި އެކްސިޑެންޓްގައި ސައިކަލްގައި އިން އަންހެންމީހާ ވަނީ އިމަޖެންސީގައި އެމްބިއުލާންސެއް ގެނެސް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އޭނާއަށް ލިބުނު ގެއްލުންތައް ސީދާ ބޭރުފުޅުން ނޭނގުނަސް ހަށިގަނޑުގެ ބައެއް ތަންތަން ވަނީ މަށައިގެން ގޮސްފައެވެ. އަދި ސައިކަލްގައި އިން ފިރިހެން މީހާއަށް މާބޮޑު ގެއްލުންތަކެއް ނުލިބުނު ނަމަވެސް އޭނާގެ އަތުގެ އެކި ތަންތަން ވަނީ މަށައިގެން ގޮސްފައިވާކަމަށް އެ ސަރަހައްދުގައި ހުރި ވޮއިސްގެ ނޫސްވެރިޔާ ބުންޏެވެ.

މިއަދު ހިނގި އެކްސިޑެންޓް... ފޮޓޯ: ވޮއިސް

އެކްސިޑެންޓް ހިނގިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފުލުހުން އައިސް، ކަމާ ގުޅޭ ފަރާތްތަކާ ވަނީ ސުވާލުކޮށްފައެވެ. ހުޅުމާލޭގެ އެ މަގަކީ ވަރަށްގިނައިން އެކްސިޑެންޓްތައް ހިނގަމުން އަންނަ މަގެކެވެ. މީގެ ކުރިން އެ މަގުގައި ވަރަށް ނުރައްކާތެރި އެކްސިޑެންޓްތައް ވަނީ ހިނގާފައެވެ. މީގެ ތެރެއިން ބައެއް އެކްސިޑެންޓްތަކުގައި މީހުން ނުކުޅެދޭ ހާލަތަށް ދިޔައިރު، ބައެއް އެކްސިޑެންޓްތަކުގައި މީހުންގެ ފުރާނަ ގެއްލިފައި އެބަހުއްޓެވެ.

ހުޅުމާލޭގެ މައި މަގުތަކުގައި އެކްސިޑެންޓްތައް ހިނގާލެއް އިތުރުވަމުން އަންނާތީވެ، އެކަން މަދުކުރުމަށް ފުލުހުން އަންނަނީ މަގުތަކުގައި ބަމްޕަރު ހަރުކުރަމުންނެވެ. އެގޮތުން ފޭސް ދޭއްގެ ނިރޮޅުމަގުގައި މިހާރު ވަނީ ބަމްޕަރުތައް ހަރުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.
24 Sep 2026
މަގުތައް ހެދުމުގެ މަޝްރޫއުއާ ވިލިމާލެ ހޮސްޕިޓަލްގެ މަސައްކަތް ލަސްވެގެން އަންނަ އަހަރު ކުރީކޮޅު ފެށޭނެ: ޗައިނާ ސަފީރު
އެގޮތުން މި ދެ މަޝްރޫއު ވެސް މި އަހަރުގެ ފަހުކޮޅު ނޫނީ އަންނަ އަހަރުގެ ކުރީކޮޅު ފެށިގެންދާނެ ކަމުގައި ވިދާޅުވި އެވެ.
24 Sep 2026
އައްޑޫ ލިންކުރޯޑް ހަތަރު ލޭނަށް ފުޅާކޮށް އަލުން ތަރައްގީ ކުރަން ހަވާލުކޮށްފި
ކޮންސްޓްރަކްޝަން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްފައި މި މަޝްރޫއު ހަވާލުކޮށްފައި ވަނީ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާ އެވެ.
24 Sep 2026
ސްކޭމްތަކުގައި މިހާތަނަށް 1500 އަށްވުރެ ގިނަ މީހުން ޖެހުނު
ސްކޭމްތަކުގެ ތަފާސްހިސާބުތަކުގެ މައުލޫމާތު ނޫސްވެރިންނަށް ހިއްސާކުރަމުން އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދް ވިދާޅުވީ ސްކޭމްތަކުގައި މިހާތަނަށް 1580 މީހުން ޖެހުނުއިރު، 15.06 މިލިއަން ރުފިޔާ ފޭރިގަތްކަމަށެވެ.
24 Sep 2026
ސީއެޗްއެސްސީ މީޑިއާ ކްލަބްގެ ކުރު ފިލްމް ފެސްޓިވަލް މިރޭ؛ ކުރީގެ މަޝްހޫރު ބަތަލާ ޝީރީންގެ ފެނިލުމެއް
މި ފިލްމާ ގުޅޭގޮތުން ވާހަކަދައްކަމުން ޑައިރެކްޓަރު ރަޔާން ބުނީ، އޭނާގެ މައިގަނޑު އަމާޒަކީ އުމުރަކީ އިންސާނެއްގެ ހުނަރާއި ޝައުގުވެރިކަން ހުއްޓުވޭނެ ކަމެއް ނޫންކަން ހާމަކޮށްދިނުން ކަމަށެވެ. އަދި ކިތަންމެ ގިނަ އަހަރުތަކެއް ފާއިތުވެގެން ދިޔަ ނަމަވެސް އިންސާނާގެ ކިބައިގައިވާ ހުނަރު ދެމިއޮންނަކަން ދައްކުވައިދިނުމަކީ ވެސް މި ފިލްމު އުފެއްދުމުގެ ބޮޑު ބޭނުމެއް ކަމަށް އޭނާ ފާހަގަކުރިއެވެ
24 Sep 2026
ލިސްޓަށް އާ ވައްތަރެއްގެ ސްކޭމެއް؛ ބުކިންސް ކެންސަލްކޮށް ފައިސާ ރީފަންޑުކުރަން
ބުކިން ކެންސަލްކޮށް ރީފަންޑުގެ ނަމުގައި ހިންގާ އާ ވައްތަރެއްގެ ސްކޭމެއް ފެތުރެމުންދާ ކަމަށާއި މިފަހުންވެސް އެ ބާވަތުގެ 80 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ