ފޮޓޯ: ސޯސަލް މީޑިޔާ
ހަބަރު
24 Sep 2026 | 16:12
ލިސްޓަށް އާ ވައްތަރެއްގެ ސްކޭމެއް؛ ބުކިންސް ކެންސަލްކޮށް ފައިސާ ރީފަންޑުކުރަން

މިހާރު އެންމެގިނައިން ހިންގަނީ ގެސްތްހައުސް ފަދަ ތަންތަނަށް އަމާޒުކޮށް ބުކިންސް ކެންސަލްކޮށް ފައިސާ ހޯދުމުގެ ސްކޭމެއްކަމަށް ފުލުހުން ބުނެފިއެވެ.

ސްކޭމްތަކާ ގުޅޭގޮތުން ފުލުހުން މިއަދު ބުނީ، ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން މިހާރު އެންމެ ގިނައީ އިންޓަނެޓް މެދުވެރިކޮށް ގަނެވިއްކުމުގެ މުޢާމަލާތްތަކާ ގުޅޭ މައްސަލަތައް ކަމަށެވެ. އެގޮތުން ބުކިން ކެންސަލްކޮށް ރީފަންޑުގެ ނަމުގައި ހިންގާ އާ ވައްތަރެއްގެ ސްކޭމެއް ފެތުރެމުންދާ ކަމަށާއި މިފަހުންވެސް އެ ބާވަތުގެ 80 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި ސްކޭމް ހިންގަނީ ގެސްޓްހައުސް ތަކަށާއި ރިސޯޓްތަކަށް އަމާޒުކޮށެވެ. އިންސްޕެކްޓާ އޮފް ޕޮލިސް އާދަމް ނަވީދް ވިދާޅުވީ، ބުކިން ހައްދާ ފައިސާ ޖަމާކޮށްފައިވާކަމަށް ބުނެ ފަހުން އެ ކެންސަލްކޮށް ރިފަންޑް ހޯދުމުގެ މައްސަލަތައް އިތުރުވަމުން އަންނަ ކަމަށެވެ. 

ރިސޯޓް ހޮޓެލް ގެސްޓްހައުސްފަދަ ވިޔަފާރިތަކަށް އަމާޒުކޮށް ހިންގާ ސްކޭމެއް. ވަރަށް މުހިންމު ކުރިން ޖަމާކުރި ފައިސާއެއްތޯ މި ރިފަންޑް ހެދެނީ ބެލުން." 

އިންސްޕެކްޓާ އޮފް ޕޮލިސް އާދަމް ނަވީދް ވިދާޅުވިއެވެ.

ފުލުހުން ވަނީ މި މައްސަލަތަކާ ގުޅިގެން 48 ގަޑިއިރަށް 2,803 ބޭންކު އެކައުންޓެއް ފްރީޒްކޮށް ކޯޓު އަމުރުގެ ދަށުން އިތުރު 535 އެކައުންޓެއް ވެސް ފްރީޒްކޮށްފައެވެ. އަދި މި މައްސަލަތަކުގައި 53 މީހަކު ހައްޔަރުކޮށް 25 މައްސަލައެއް ޕްރޮސިކިއުޓް ކުރެވިފައިވާ އިރު ހަތަރު މީހެއްގެ މައްޗަށް ދަޢުވާކޮށް ހުކުމް ވެސް ކޮށްފައިވެއެވެ.

ސްކޭމް މައްސަލަތައް އެންމެ ގިނައިން ހުށަހެޅިފައި ވަނީ މާލެއިން ކަމަށް ވާ އިރު ދެން އެންމެ ގިނައީ އައްޑޫ ރ. އަތޮޅު އަދި ކުޅުދުއްފުށި ސިޓީން ހުށަހެޅުނު މައްސަލަތަކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.