ބުރިޖަށް އަރަން އުޅަނދުތައް ދަނީ: ދުވެލި މަޑުކޮށް ބަލައިގެން ދުއްވުމަށް ފުލުހުން އިލްތިމާސްކުރޭ -- ވޮއިސް ފޮޓޯ
ހަބަރު
14 Oct 2025 | 12:04
މިދިޔަ ހަފުތާގައި މާލެ އަދި ބުރިޖުގައި 40 އެކްސިޑެންޓު، ދުވެލި މަޑުކުރޭ

މި މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް މާލެ، ބުރިޖު އަދި ހައިވޭގައި 40 އެކްސިޑެންޓު ހިނގާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުން މިއަދު އާންމުކުރި ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ ހަފުތާގެ ތެރެއިން އެންމެ ގިނަ އެކްސިޑެންޓު ހިނގައިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެގޮތުން އެ ދުވަހު 10 އެކްސިޑެންޓެއް ހިނގައިފައިވާއިރު، އެންމެ މަދު އެކްސިޑެންޓެއް ހިނގައިފައިވަނީ ބުރިޖު އަދި ހައިވޭއަށް ވެސް އެންމެ ބާރުބޮޑުވާ ހުކުރު ދުވަހުއެވެ. އެ ދުވަހު ދެ އެކްސިޑެންޓެއް ހިނގައިފައިވެއެވެ.

ހަފުތާގެ ބަންދުގައި މުޅި ޖުމްލަ ފަސް އެކްސިޑެންޓެއް ހިނގިއިރު، އެ ނޫން ދުވަސްތަކުގައި 35 އެކްސިޑެންޓެއް ހިނގި ކަމަށް އެ ހިސާބުތަކުން ދައްކައެވެ.

އެ އެކްސިޑެންޓުތަކުގެ ތެރެއިން 75 އިންސައްތަ އެކްސިޑެންޓުތަކަކީ ދުވާލު ހިނގައިފައިވާ އެކްސިޑެންޓުތަކަށްވާއިރު، އެ 40 އެކްސިޑެންޓުގެ ތެރެއިން ހަތަރު މީހަކަށް އަނިޔާވެފައިވެއެވެ. އަދި 90 އިންސައްތަ އެކްސިޑެންޓުތަކުގައި ދުއްވި އުޅަނދަށް ވަނީ ގެއްލުން ވެފައެވެ.

އޭގެ ތެރޭގައި ނުރައްކާތެރި އެއް އެކްސިޑެންޓެއް ހިނގައިފައިވާއިރު މުޅި ޖުމްލަ 32 އެކްސިޑެންޓަކީ މާލޭގައި ހިނގި އެކްސިޑެންޓުތަކެވެެ. 8 އެކްސިޑެންޓެއް ވަނީ ބުރިޖު އަދި ހައިވޭގައި ހިނގާފައެވެ. އޭގެ ތެރެގައި އެންމެ ގިނައި ސައިކަލާއި ކާރު ޖެހިގެން ހިނގި އެކްސިޑެންޓުތަކެވެ.

އެގޮތުން އޭގެ 11 އެކްސިޑެންޓެއް ހިނގައިފައިވާއިރު، ދެ ސައިކަލު ޖެހިގެން 8 އެކްސިޑެންޓެއް ވަނީ ހިނގާފައެވެ. އަދި ދެ ކާރެއް ޖެހިގެން 4 އެކްސިޑެންޓު، ސައިކަލަކާއި ވޭނެއް ޖެހިގެން އަދި ކާރަކާއި ޕިކަޕެއް ޖެހިގެން ވެސް 3 އެކްސިޑެންޓު ހިނގައިފައިވެއެވެ. 

އެ އެކްސިޑެންޓުތަކުގެ ތެރޭގައި އުޅަނދަކުން ޖެއްސުމަށްފަހު ފިލި އެއް އެކްސިޑެންޓު ހިމެނޭ ކަމަށް ވެސް އެ ހިސާބުތަކުން ދައްކައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.