އާސެނަލް
09 May 2024
ޖޯޖީނިއޯ އާސެނަލްގެ އެއްބަސްވުން އައުކޮށްފި
އިގިރޭސި ޕްރެމިއާ ލީގުގެ އާސެނަލްއަށް ކުޅެމުން އަންނަ އިޓަލީގެ ތަޖުރިބާކާރު މިޑްފީލްޑަރު ޖޯޖީނިއޯ އެޓީމާއެކު ހަދާފައިވާ އެއްވަސްވުން އިތުރު އެއް އަހަރަށް އިތުރުކޮށްފިއެވެ.
04 May 2024
އަމިއްލަ ދަނޑުގައި ބޯންމައުތު އަތުން އާސެނަލްއަށް ފަސޭހަ މޮޅެއް
އިގިރޭސި ޕްރެމިއާ ލީގުގައި މިއަދު ހަވީރު އަމިއްލަ ދަނޑުގައި 3-0 ގެ ނަތީޖާއަކުން ބޯންމައުތު ބަލިކޮށް އާސެނަލް އިން ލީގު ތާވަލުގެ ކުރީގައި ހަތަރު ޕޮއިންޓަށް ލީޑު ފުޅާކޮށްފިއެވެ. ލީގުގައި އާސެނަލް އެންމެ ފަހުން ކުޅުނު 14 މެޗުގެ ތެރެއިން 13 މެޗުން އެޓީމު މޮޅުވެފައިވާއިރު، އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ. އަދި އާސެނަލް އެންމެ ފަހުން ލީގު މެޗެއްގައި ބަލިވެފައި ވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ރަށުން ބޭރުގައި ފުލަމް އާއި ދެކޮޅަށް ކުޅެނު މެޗުންނެވެ. އާސެނަލް ގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅެވުނު މިމެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފައްޓައިގެން މޮޅަށް ކުޅެ މެޗު ޑޮމިނޭޓްކުރީ އާސެނަލް އިންނެވެ. އެގޮތުން މިހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އާސެނަލް އިން މެޗުގެ ލީޑު ހޯދީ ފުރަތަމަ ހާފުގެ 45 ވަނަ މިނެޓުގައެވެ. މިލަނޑުއެޓީމަށް ލިބުނި ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އިގިރޭސި ފޯވާޑް ބަކަޔޯ ސަކާއެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ. މެޗުގެ ދެވަނަ ހާފުގައި ވެސް އާސެނަލްގެ ފަރާތުން ވަރުގަދަ އެޓޭކިން ކުޅުމެއެއް ފެނިގެންދިޔައިރު، މިހާފުގައި އެޓީމުން ވަނީ އިތުރު ދެ ލަނޑުކޮށްފައެވެ. އެގޮތުން އެޓީމުގެ ދެވަނަ ލަނޑު ފަހުހާފުގެ 70 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ލިއެންޑްރޯ ޓްރޮސާޑް އެވެ. އަދި މިމެޗުގައި އެޓީމުން ކާމިޔާބުކުރި ތިން ވަނަލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައ ކާމިޔާބުކޮށްދިނީ އެޓީމުގެ އިގުރޭސި މިޑްފީލްޑަރު ޑެކުލަން ރައިސް އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ. އަދި މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 36 މެޗުން ލިބުނު 83 ޕޮއިންޓާއެކު އާސެނަލް މިވަގުތު އޮތީ ލީގުތާވަލުގެ އެއްވަނައިގައެވެ. އަދި ދެވަނައި އޮތް މެންޗެސްޓާ ސިޓީއަށް 32 މެޗުން 79 ޕޮއިންޓް ލިބިފައިވާއިރު، މިމެޗުން ބަލިވި ބޯންމަތުން ލީގުގައި ކުޅުނު 36 މެޗުން ލިބުނު 48 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 10 ވަނައިގައެވެ.
24 Apr 2024
ތަފާތުބޮޑު ނަތީޖާއަކުން ޗެލްސީ ބަލިކޮށް އާސެނަލް އިން އެއްވަނައިގައި ތިން ޕޮއިންޓްގެ ލީޑެއް ނަގައިފި
އިގިރޭސި ޕްރެމިއާ ލީގުގައި އަންގާރަދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 5-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ޗެލްސީ ބަލިކޮށް އާސެނަލް އިން ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
21 Apr 2024
ވުލްވްސް އަތުން މޮޅުވެ އާސެނަލް އެއްވަނައަށް
އިގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ރަށުން ބޭރުގައި 2-0 ގެ ނަތީޖާއަކުން ވުލްވްސް އަތުން މޮޅުވެ އާސެނަލް އިން ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
18 Apr 2024
ރަށުން ބޭރުގައި ބަޔާން މިއުނިކް އަތުން ބަލިވެ އާސެނަލް މުބާރާތުން ކަޓައިފި
ޔޫއެފާ ޗެމްޕިއަންސްލީގުގެ ކުއާޓާ ފައިނަލު ދެވަނަ ލެގުގައި ބުދަދުވަހުގެ ރޭ ރަށުން ބޭރުގައި 1-0 ގެ ނަތީޖާއަކުން ބަޔާން މިއުނިކް އަތުން ބަލިވެ، އާސެނަލް މުބާރާތުން ކަޓައިފި އެވެ.
15 Apr 2024
އެސްޓަންވިލާ އަތުން ބަލިވެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
އިގިރޭސި ޕްރެމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއަކުން އެސްޓަންވިލާ އަތުން ބަލިވެ، ލީގު ތާވަލްގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފިއެވެ.
10 Apr 2024
އާސެނަލްގެ ދަނޑުގައި ބަޔާން މިއުނިކާއި ދެކޮޅަށް ކުޅުނު މެޗު އެއްވަރު
ޔުއެފާ ޗެމްޕިއަންސްލީގު ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި އަންގާރަދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ބަޔާން މިއުނިކާއި ދެކޮޅަށް އާސެނަލް އިން ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެއްޖެ އެވެ.
07 Apr 2024
އިތުރަށް އެއްމެޗު ކުޅެ ވަގުތީގޮތުން އާސެނަލް އެއްވަނައަށް
އިގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ރަށުން ބޭރުގައި 3-0 ގެ ނަތީޖާއަކުން ބްރައިޓަން އަތުން މޮޅުވެ، އާސެނަލް އިން އިތުރަށް އެއް މެޗު ކުޅެ ވަގުތީގޮތުން ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
04 Apr 2024
ލޫޓަން އަތުން މޮޅުވެ އާސެނަލް އެއްވަނައަށް
އިގިރޭސި ޕްރެމިއާ ލީގުގައި ބުދަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއަކުން ލޫޓަން އަތުން މޮޅުވެ އާސެނަލް އިން ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
01 Apr 2024
ރަށުން ބޭރުގައި އާސެނަލް އިން ޗެންޕިއަން މެންޗެސްޓާ ސިޓީ މޮޅުވިޔަނުދީ ހިފަހައްޓައިފި
އިގިރޭސި ޕްރެމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި އާސެނަލް އިން ޗެންޕިއަން މެންޗެސްޓާ ސިޓީ މޮޅުވިޔަނުދީ ހިފަހައްޓައިފި އެވެ.