08 May 2025
ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި އާސެނަލް ޗެންޕިއަންސް ލީގުގުން ކަޓައިފި
ޔުއެފާ ޗެންޕިއަންސް ލީގު ސެމީފައިނަލް ދެވަނަ ލެގުގައި ބުދަ ދުވަހުގެ ރޭ ރަށުން ބޭރުގައި ޕީއެސްޖީ އާއި ވާދަކޮށް 2-1 ގެ ނަތީޖާއަކުން ބަލިވެ އާސެނަލް މުބާރާތުން ކަޓައިފިއެވެ.
30 Apr 2025
ވާދަވެރި ކުޅުމަކަށްފަހު ޕީއެސްޖީ އަތުން އާސެނަލް ބަލިވެއްޖެ
ޔުއެފާ ޗެންޕިއަންސް ލީގު ސެމީފައިނަލް ފުރަތަމަ ލެގުގައި އަންގާރަ ދުވަހުގެ އަމިއްލަ ދަނޑުގައި ޕީއެސްޖީ އާއި ވާދަކޮށް 1-0 ގެ ނަތީޖާއަކުން އާސެނަލް ބަލިވެއްޖެއެވެ.
21 Apr 2025
ރަށުން ބޭރުގައި އިޕްސްވިޗް އަތުން އާސެނަލްއަށް ފަސޭހަ މޮޅެއް
އިނގިރޭސި ޕްރެމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުން އިޕްސްވިޗް ބަލިކޮށް އާސެނަލް އިން އެއްވަނާގައި އޮތް ލިވަޕޫލާއި ދެމެދުގައިވާ ފަރަގު ކުޑަކޮށްފިއެވެ.
17 Apr 2025
16 އަހަރަށް ފަހު އާސެނަލް، ޗެންޕިއަންސް ލީގު ސެމީފައިނަލުން ޖާގަ ހޯދައިފި
ޔުއެފާ ޗެންޕިއަންސް ލީގު ކުއާޓާ ފައިނަލް ދެވަނަ ލެގުގައި ބުދަ ދުވަހުގެ ރޭ ރަށުން ބޭރުގައި އެންމެ ފަހުގެ ޗެންޕިއަން ރެއާލް މެޑްރިޑް 2-1 ގެ ނަތީޖާއަކުން ބަލިކޮށް އާސެނަލް އިން 16 އަހަރަށްފަހު ފުރަތަމަ ފަހަރަށް މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.
23 Feb 2025
ރަށުން ބޭރުގައި އާސެނަލް ބަލިކޮށް ވެސްޓްހަމް އިން ރެލިގޭޝަން ޒޯނާއި ފެއަށް ޖެހިލައިފި
އިނގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ރަށުން ބޭރުގައި 1-0 ގެ ނަތީޖާއަކުން އާސެނަލް ބަލިކޮށް ވެސްޓްހަމް ޔުނައިޓެޑުން ރެލިގޭޝަން ޒޯނާއި ފެއަށް ޖެހިލައިފިއެވެ.
03 Feb 2025
ފަސޭހަކަމާއެކު އާސެނަލް އިން ޗެންޕިއަން މެންޗެސްޓާ ސިޓީ ބަލިކޮށްފި
އިނގިރޭސި ޕްރެމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި އާސެނަލް އާއި ދެކޮޅަށް މެންޗެސްޓާ ސިޓީ ކުޅުނު މެޗު 5-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް އާސެނަލް އިން މެންޗެސްޓާ ސިޓީ ލަދަގަންނަވާލައިފިއެވެ.
26 Jan 2025
ރަށުން ބޭރުގައި ވުލްވްސް އަތުން އާސެނަލްއަށް އުނދަގޫ މޮޅެއް
އިނގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ރަށުން ބޭރުގައި ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން ވުލްވްސް ބަލިކޮށް އާސެނަލް އިން އިތުރަށް އެއްމެޗު ކުޅެ ލިވަޕޫލް އާއި ދެމެދުގައިވާ ފަރަގު ހަ ޕޮއިންޓަށް ކުޑަކޮށްފިއެވެ.
16 Jan 2025
ވާދަވެރި ކުޅުމަކަށްފަހު އާސެނަލް އިން ޓޮޓެންހަމް ބަލިކޮށްފި
އިގިރޭސި ޕްރެމިއާ ލީގުގައި ބުދަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ޓޮޓެންހަމް އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އާސެނަލް އިން ލީގު ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލައިފިއެވެ.