ލިވަޕޫލް ކުޅުންތެރިން ރޭގެ މެޗްގައި... ފޮޓޯ: ލިވަޕޫލް
ކުޅިވަރު
30 Oct 2025 | 08:24
އިނގިރޭސި ލީގްކަޕުން ލިވަޕޫލް ކަޓައިފި

އިނގިރޭސި ލީގްކަޕްގައި ރޭ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނުމެޗުން ލިވަޕޫލް ބަލިވެ، މުބާރާތުން އެޓީމް ކަޓައިފިއެވެ.

ލީގް ކަޕްގައި ރޭ ކްރިސްޓަލް ޕެލަސް އާއި ލިވަޕޫލް ބައްދަލުކުރިމެޗުން އެޓީމް ބަލިވީ 0-3 ގެ ނަތީޖާއަކުންނެވެ. ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މިމެޗްގައި ކްރިސްޓަލް ޕެލަސްގެ ލަނޑުތައް ފެނިގެން ގޮސްފައިވަނީ ފުރަތަމަ ހާފްގެ ފަހުކޮޅުގައެވެ. ކްރިސްޓަލް ޕެލަސްގެ އިސްމާއީލް ސާރ ޖަހައިދިން ލަނޑުތަކާއެކު، އެޓީމުން ފުރަތަމަ ހާފް އެޓީމުން ނިންމާލީ ދެ ލަނޑުގެ ލީޑެއްގައި އޮވެގެންނެވެ.

މެޗްގައި ލިވަޕޫލްގެ ޑިފެންސްލައިން ނިކަމެތިކޮށް ފެނުނުއިރު މެޗްގައި ލިވަޕޫލްގެ ނަލޯއަށް ވަނީ 79 ވަނަ މިނެޓް ތެރޭގައި ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ. ކްރިސްޓަލް ޕެލަސްއިން މެޗްގައި ޖެހި ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ 88 ވަނަ މިނެޓް ތެރޭގައި ޕީނޯއެވެ.

ކްރިސްޓަލް ޕެލަަސްއަތުން ބަލިވެ ލީގްކަޕުން ލިވަޕޫލް ކެޓިއިރު ލީގްގައިވެސް ލިވަޕޫލްގެ ފޯމް ވަނީ ގެއްލިފައެވެ. މިހާތަނަށް ކުޅުނު ގިނަ މެޗްތަކަކުން ލިވަޕޫލް ވަނީ ބަލިވެފައެވެ. 

އިނގިރޭސީ ލީގްކަޕުން ލިވަޕޫލް ކެޓިނަމަވެސް ބޮޑެތި ބައެއް ޓީމުތައް ވަނީ މޮޅުވެފައެވެ. އެގޮތުން އާސެނަލް އާއި ބްރައިޓަން ބައްދަލުކުރިމެޗް 2-0 ގެ ނަތީޖާއަކުން އާސެނަލް ކާމިޔާބުކުރިއިރު، ސްވަންސީ ސިޓީއާ މެންޗެސްޓަރ ސިޓީ ބައްދަލުކުރިމެޗް 3-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސިޓީއެވެ. އަދި ވުލްވުސް އާއި ޗެލްސީ ބައްދަލުކުރިމެޗް 4-3 ގެ ނަތީޖާއަކުން ޗެލްސީ ކާމިޔާބުކުރިއިރު، ސްޕާސް އާއި ނިއުކާސަލް ބައްދަލުކުރިމެޗް ކުރިން ހީކުރިގޮތާ ހިލާފަށް ކާމިޔާބުކުރީ ނިއުކާސަލް ޔުނައިޓެޑެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.