ޕްރިމިއާ ލީގްގައި ރޭ އާސެނަލް އާ ޔުނައިޓެޑް ބައްދަލުކުރިމެޗްގެ ތެރެއިން.. ފޮޓޯ: އާސެނަލް
ކުޅިވަރު
26 Jan 2026 | 08:31
ފަރަގުބޮޑުކުރުމަށް ލިބުނު ފުރުސަތު އާސެނަލުން ނަގާލައިފި

އިނގިރޭސި ޕްރިމިއާ ލީގް ތާވަލްގެ އެއްވަނާގައި އޮވެ ފަރަގު ބޮޑުކުރުމަށް ލިބުނު ފުރުސަތު އާސެނަލުން ރޭ ނަގާލައިފިއެވެ.

ލީގްގައި ރޭ އާސެނަލް އާ އެންމެ ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރިމެޗުން އާސެނަލް ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ. މެޗްގެ ކުރީކޮޅު އާސެނަލުން ވަނީ ލީޑް ނަާފައެވެ. އެއީ މެންޗެސްޓަރ ޔުނައިޓެޑްގެ ލިސަންދްރޯ މާޓިނޭޒް އަތުން ބައިކޮޅަށްވަތް ގޯލުންނެވެ. އާސެނަލްގެ ލަނޑަށްފަހު ޔުނައިޓެޑުން ވަނީ އޭގެ 7 މިނެޓްފަހުން ލަނޑެއް ޖަހައި މެޗްގެ ނަތީޖާއެއްވަރުކޮށްފައެވެ. މި ލަނޑު ޖަހައިދިނީ ބްރަޔަން އެމްބޫމޫ އެވެ.

މައިކަލް ކެރިކްގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ މެންޗެސްޓަރ ޔުނައިޓެޑުން ފުރަތަމަ ފަހަރަށް ލީޑް ނަގާފައިވަނީ، 50 ވަނަ މިނެޓް ތެރޭގައި ޕެޓްރިކް ޑޯރޫ ޖަހައިދިން ލަނޑުންނެވެ. އޭގެފަހުން 84 ވަނަ މިނެޓް ތެރޭގައި އާސެނަލްގެ މިކެލް މެރީނޯ ވަނީ ލަނޑެއް ޖަހައި މެޗްގެ ނަތީޖާ 2-2 އަށް ބަދަލުކޮށްފައެވެ. މެޗްގައި ޔުނައިޓެޑް މޮޅުކޮށްދިން މުހިންމު ލަނޑު ޖަހައިދިނީ، 87 ވަނަ މިނެޓް ތެރޭގައި މެތިއު ކުންޔާއެވެ. 

ރޭގެ މެޗަކީ ކެރިކްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް މޮޅުވި ދެވަނަ މެޗެވެ. މެޗަށްފަހު ސްކައި ސްޕޯޓްސް އާ ވާހަކަދައްކަމުން އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑު ބުނީ ލީގްގެ މިހާހިސާބުން ގެއްލުނީ މުހިންމު މެޗެއް ކަމަށާއި، އަމިއްލަ ދަނޑުގައި ރޭ ނިކުތް ނަތީޖާ ރަނގަޅުނޫންކަމަށެވެ. އޮޑެގާޑު ބުނީ ފުރަތަމަ ހާފްގައި ޓީމުން ރަނގަޅުކުޅުމެއް ދެއްކިނަމަވެސް ފަހުހާފް އާސެނަލްއަށް ނުކުޅެވުނުކަމަށެވެ. ކުރިއަށް ހުރި މެޗްތަކުގައި އާސެނަލްގެ ކުޅުންތެރިން އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރާނޭކަން ފާހަގަކުރަމުން އޮޑެގާޑު ބުނީ ކުރީގެ ފެންވަރު ފެންނާނޭކަމަށެވެ.

ރޭގެ މެޗަށްފަހު ޕްރިމިއާ ލީގް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، 4 ޕޮއިންޓްގެ ލީޑަކާއެކު ތާވަލްގެ އެއްވަނާގައި އަދިވެސް އޮތީ އާސެނަލެވެ.

ޕްރިމިއާ ލީގް ތާވަލް

ޕްރިމިއާ ލީގްގައި ރޭ ޗެލްސީއާ ކްރިސްޓަލް ޕެލަސް ބައްދަލުކުރިމެޗް 3-1 ގެ ނަތީޖާއަކުން ޗެލްސީ ކާމިޔާބުކުރިއިރު، ނިއުކާސަލް ޔުނައިޓެޑާ، އެސްޓަންވިލާ ބައްދަލުކުރިމެޗް 0-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެސްޓަންވިލާއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ވިނަރެސް ޓަވަރުތައް ހިމެނޭ މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް
މި އެކްސިޑެންޓްގައި އެކަކަށް އަނިޔާވެ އެމަޖެންސީގައިި އެމްބިއުލާންސް ގެނެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.