އާސެނަލް ކުޅުންތެރިއަކު ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ..
ކުޅިވަރު
22 Oct 2025 | 09:25
އެތްލެޓިކޯ މެޑްރިޑް އަތުން އާސެނަލަށް ފަސޭހަ މޮޅެއް

ޔުއެފާ ޗެމްޕިއަންސްލީގްގައި ރޭ އިނގިރޭސިވިލާތުގެ އާސެނަލް އާއި ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑް ބައްދަލުކުރިމެޗް ފަސޭހަކަމާއެކު އާސެނަލުން ކާމިޔާބުކޮށްފިއެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމުގައި ކުޅުނު މިމެޗް އެތްލެޓިކޯގެ މައްޗަށް އެޓީމްކުރިހޯދީ 0-4 ގެ ނަތީޖާއަކުންނެވެ. މެޗްގައި އާސެނަލުން ޖެހި ހުރިހާ ގޯލެއްވެސް ޖަހާފައިވަނީ ފަހުހާފްގައެވެ. ފުރަތަމަ ހާފް ލަނޑެއް ނުޖެހުނު ނަމަވެސް އާސެނަލުން ވަނީ މޮޅަށް ކުޅެ ލަނޑުޖަހާގެ ރަނގަޅު ފުރުސަތުތައް ހޯދައި އެތްލެޓިކޯ މެޑްރިޑްގެ ގޯލަށް ނުަރައްކާކޮށްފައެވެ. ރޭގެ މެޗްގައި މޮޅަށްކުޅެ ގިނަ ހަމަލާ އުފައްދާފައިވަނީވެސް އާސެނަލުންނެވެ.

މެޗްގައި އާސެނަލުން ޖެހިފުރަތަމަ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ 57 ވަނަ މިނެޓް ތެރޭގައި ގެބްރިއަލް މަގަލާއީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އާސެނަލުގެ ދެވަނަ ލަނޑު ގެބްރިއަލް މާޓިނެލީ ކާމިޔާބުކޮށްދިންއިރު ތިންވަނަ ލަނޑާއި ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ގޮޔޮކެރެސް އެވެ.

މިއީ ޗެމްޕިއަންސްލީގްގައި އާސެނަލުން ޖެހިގެހިގެން މޮޅުވި ތިންވަނަ މެޗެވެ. މިހާތަނަށް ކުޅުނު ތިންމެޗުން އެޓީމަށް ވަނީ ޕޮއިންޓް ލިބިފައެވެ.

ޔުއެފާ ޗެމްޕިއަންސްލީގްގައި ރޭ އިނގިރޭސިވިލާތުގެ މެންޗެސްޓަރ ސިޓީ އާއި ސްޕެއިންގެ ވިޔަރެއާލް ބައްދަލުކުރިމެޗް 0-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މެންޗެސްޓަރ ސިޓީއެވެ.

މެޗްގައި ލަނޑުޖެހުމަށްފަހު ހާލާންޑް... ފޮޓޯ: މެންސިޓީ

ސިޓީން މެޗްގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ހާލާންޑެވެ. ޗެމްޕިއަންސް ލީގްގައި ރޭ އިނގިރޭސިވިލާތުގެ ނިއުކާސަލްވެސް ވަނީ އެޓީމުން ކުޅުނުމެޗް ކާމިޔާބުކޮށްފައެވެ. ބެންފީކާއާ ދެކޮޅަށް ކުޅުނުމެޗް ނިއުކާސަލް ކާމިޔާބުކުރީ 0-3 ގެ ނަތީޖާއަކުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް