އާސެނަލް
24 Nov 2024
އަމިއްލަ ދަނޑުގައި ފަސޭހަކަމާއެކު ފޮރެސްޓް ބަލިކޮށް އާސެނަލް ހަތަރުވަނައަށް
އިގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ނޮޓިންހަމް ފޮރެސްޓާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އާސެނަލް އިން ލީގު ތާވަލުގެ ހަތަރުވަނައަށް ކުރިއަށްޖެހިލައިފިއެވެ.
20 Oct 2024
ރަށުން ބޭރުގައި ބޯންމައުތު އަތުން ބަލިވެ އާސެނަލް އިން ފުރުސަތު ނަގާލައިފި
އިގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ރަށުން ބޭރުގައި ބޯންމައުތު އަތުން 2-0 ގެ ނަތީޖާއަކުން ބަލިވެ ލީގު ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި އެވެ.
02 Oct 2024
ރަށުން ބޭރުގައި އާސެނަލް އަތުން ޕީއެސްޖީ ބަލިވެއްޖެ
ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެ ރޭ ރަށުން ބޭރުގައި ޕްރެމިއާ ލީގުގެ އާސެނަލް އާއި ދެކޮޅަށް ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން ފުރާންސްގެ ޗެމްޕިއަން ޕީއެސްޖީ ބަލިވެއްޖެއެވެ.
28 Sep 2024
ފަހުވަގުތު ލެސްޓާ އަތުން މޮޅުވެ، އާސެނަލް އިން ސިޓީއާއި އަރައިހަމަކޮށްފި
އިގިރޭސި ޕްރެމިއާ ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ލެސްޓާ ދެކޮޅަށް ކުޅުނު މެޗުގެ ފަހުވަގުތު ކާމިޔާބުކުރި ދެލަނޑާއެކު 4-2 ގެ ނަތީޖާއަކުން މޮޅުވެ އާސެނަލް އިން އެއްވަނާގައި އޮތް މެންޗެސްޓާ ސިޓީއާ ޕޮއިންޓްގެ ގޮތުން އަރައިހަމަކޮށްފިއެވެ.
23 Sep 2024
ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު، ސިޓީން އާސެނަލް މޮޅުވިޔަނުދީ ހިފަހައްޓައިފި
އިގިރޭސީ ޕްރެމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ އާސެނަލް އާއި ދެކޮޅަށް މެންޗެސްޓާ ސިޓީ ކުޅުނު މެޗުގެ އިތުރު ވަގުތުގެ އެންމެފަހު މިނެޓުގައި ސިޓީން ކާމިޔާބުކުރި ލަނޑާއެކު 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެއެވެ.
15 Sep 2024
ޓޮޓެންހަމް އަތުން މޮޅުވެ އާސެނަލް އިން ފަރަގު ކުޑަކޮށްފި
އިގިރޭސި ޕްރެމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި ޓޮޓެންހަމް އާއި ދެކޮޅަށް ކުޅުނު މެޗު, ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން މޮޅުވެ އާސެނަލް އިން ލީގު ތާވަލުގެ އެއްވަނާގައި އޮތް މެންޗެސްޓާ ސިޓީ އާއި ދެމެދުގައިވާ ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފިއެވެ.
01 Sep 2024
10 ކުޅުންތެރިންނާއެކު ކުޅެ އާސެނަލް އިން ބްރައިޓަން މޮޅުވިޔަނުދީ ހިފަހައްޓައިފި
އިގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ރަށުން ބޭރުގައި އާސެނަލް އާއި ބްރައިޓަން ވާދަކުރި މެޗު 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެއެވެ.
14 May 2024
ގަދަ ހަތަރަކަށްވުރެ ޓޮޓެންހަމްގެ ސަޕޯޓަރުންނަށް މުހިންމީ އާސެނަލްއަށް ލީގު ނުލިބުން
ޕްރެމިއާ ލީގުގައި މިރޭ ޓޮޓެންހަމް އާއި މެންޗެސްޓާ ސިޓީ ވަދަކުރާ މެޗަކީ މިދެޓީމުގެ އިތުރުން އާސެނަލްއަށް ވެސް ވަރަށް މުހިންމު މެޗެކެވެ. ސަބަބަކީ މިމެޗުން ސީޓީ މޮޅު ނުވެއްޖެނަމަ ލީގު ހޯދުމުގެ އަމިއްލަ ބާރު އާސެނަލްއަށް ލިބިގެންދާނެއެވެ.