އާސެނަލް އާއި މެންޗެސްޓަރ ސިޓީ ބައްދަލުކުރިމެޗްގެ ތެރެއިން... ފޮޓޯ: އާސެނަލް
ކުޅިވަރު
22 Sep 2025 | 09:02
އާސެނަލް ކުޅުން ރަނގަޅުނަމަވެސް، މެޗްގެ ނަތީޖާ ރަނގަޅެއްނޫން: އަޓޭޓާ

އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ އާސެނަލް އާއި މެންޗެސްޓަރ ސިޓީ ބައްދަލުކުރިމެޗް އެއްވަރުވެގެން ނިމިއްޖެއެވެ. 

އާސެނަލްގެ އެމިރޭޓްސް ދަނޑުގައި ކުޅުނު މިމެޗް ނިމުނީ 1-1 ގެ ނަތީޖާއަކުންނެވެ. މެޗްގައި އެންމެ ފުރަތަމަ ލަނޑެއް ޖަހައި ކުރިހޯދާފައިވަނީ މެންޗެސްޓަރސިޓީ އެވެ. އެއީ މެޗްގެ 9 ވަނަ މިނެޓް ތެރޭގައި އާލިން ހާލާންޑް ކާމިޔާބުކޮށްދިން ލަނޑުންނެވެ. 

މެޗްގައި އާސެނަލުން އެއްވަރުކުރީ ސިތީ މޮޅުވާންދަނިކޮށް، ފަހުހާފުގެ އިތުރު ވަގުތުގެ ކުޅުމުގެ ތެރޭގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނިކުތް ބްރެޒިލްގެ ގެބްރިއަލް މާޓިނެއްލީއެވެ. މެޗްގައި އާސެނަލުން ވަނީ 46 ވަނަ މިނެޓްގައި ސަކާ ކުޅެން އަރުވާފައެވެ. 

މެޗަށްފަހު ވާހަކަދައްކަމުން އާސެނަލްގެ ކޯޗް މިކޭލް އަޓޭޓާ ބުނީ މެޗްގައި މޮޅަށްކުޅެ ގިނަ ހަމަލާތައް އުފެއްދީ އޭނާގެ ޓީމް ކަމަށެވެ. މެޗް ޑޮމިނޭޓްކުރިނަމަވެސް މޮޅު ނުވީތީ ހިތްހަމަ ނުޖެހޭކަމަށް އަޓޭޓާ ވަނީ ފާހަގަކޮށްފައެވެ.

ރޭގެ މެޗަށްފަހު އިނގިރޭސި ޕްރިމިއާ ލީގް ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، އާސެނަލް އުޅެނީ ކުޅުނު 5 މެޗުން ލިބުނު 10 ޕޮއިންޓާއެކު ތާވަލުގެ ދެވަނާގައެވެ. މެންޗެސްޓަރ ސިޓީ އުޅެނީ 7 ވަނާގައެވެ. ތާވަލްގެ އެއްވަނާގައި 15 ޕޮއިންޓާއެކު އުޅެނީ ލިވަޕޫލެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.