ސާލިބާ އަނިޔާވެގެން ދަނޑުން ފައިބަނީ.. ފޮޓޯ: އިމާގޯ
ކުޅިވަރު
12 Sep 2025 | 19:09
ސާލިބާ އާއި ވައިޓް، އާސެނަލްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި

އިނގިރޭސި ޕްރިމިއާ ލީގްގައި އާސެނަލް މާދަމާ ފޮރެސްޓާ ދެކޮޅަށް ނިކުންނައިރު، އަނިޔާގެ ސަބަބުން ޓީމާ ދުރުގައިތިބި މުހިންމު ބައެއް ކުޅުންތެރިން ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައިވާކަމަށް އާސެނަލްގެ ކޯޗް މިކޭލް އަޓޭޓާ ބުނެފިއެވެ.

މާދަމާގެ މެޗާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އަޓޭޓާ ބުނީ، އޭނާގެ ޓީމަށް މިވަގުތު ލިބިފައިވާ އެންމެބޮޑު ހިތްހަމަ ޖެހުމަކީ، އަނިޔާގައިތިބި ކުޅުންތެރިންގެ ތެރެއިން، ވިލިއަމް ސާލިބާ އާއި ބެން ވައިޓް ޓީމާ ގުޅުންކަމަށެވެ. އަޓޭތާ ބުނީ އެ ދެކުޅުންތެރިންވެސް އާސެނަލްގެ ފަރިތަކުރުންތަކުގައި ފުލްކޮށް ބައިވެރިވާން ފަށާފައިވާކަމަށެވެ. މިއީ ލިބިގެންދިޔަ ވަރަށްބޮޑު ހިތްހަމަ ޖެހުމެއްކަމަށް އަޓޭޓާ ފާހަގަކުރިއެވެ. މީގެ އިތުރުން ނޯގާޑުވެސް މިހާރު ހުރީ ފަރިތަކުރުންތަކުގައި ބައިވެރިވެވޭ ހާލަތުގައެވެ.

ނަމަވެސް ކުރިއަށްހުރު މެޗްތަކުގައި އެ ކުޅުންތެރިން ބޭނުންކުރާނޭކަމުގެ އިޝާރާތެއް އަޓޭޓާ ދީފައެއް ނުވެއެވެ.

ސާލިބާގެ ފަޔަށް އަނިޔާވީ އާސެނަލް އެންމެފަހުން ލިވަޕޫލާ ދެކޮޅަށް ނުކުތުމުގެ ކުރިން ބޭއްވި ފަރިތަކުރުންތަކުގައެވެ. ލިވަޕޫލާ ދެކޮޅަށް ކުޅުނުމެޗަށް ސާލިބާ ކުޅެން އެރިނަމަވެސް ފަޔަށް ތަދުވާވަރުން އޭނާ ވަނީ ބަދަލުކޮށްފައެވެ. 

އާސެނަލްގެ ކޯޗް އަޓޭޓާއަށް އަދިވެސް އޮތް އެންމެ ބޮޑު ބޮލުގެ ރިހުމަކީ އަނިޔާގެ ސަބަބުން ޓީމްގެ މުހިންމު ގިނަ ކުޅުންތެރިންތަކެއް ޓީމާ ދުރުގައިތިބުމެވެ. އާސެނަލަށް ކުރިއަށްއޮތް ހަފްތާގައި މުހިއްމު މެޗްތަކެއް ހުރިއިރު، އެންމެ ފާހަގަކޮށްލެވެނީ، އެތްލެޓިކް ކްލަބް އަދި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅޭ މެޗެވެ.

އިނގިރޭސި ޕްރިމިއާ ލީގްގައި އާސެނަލް މިވަގުތު އޮތީ ކުޅުނު ތިންމެޗުން ލިބުނު 6 ޕޮއިންޓާއެކު ތާވަލުގެ ތިން ވަނާގައެވެ. ޕްރިމިއާ ލީގްގައި އާސެނަލް ބަލިވީ އެންމެފަހުން އެންފީލްޑްގައި ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.