ޗެމްޕިއަންސް ލީގު
30 Jan 2025
ޗެންޕިއަންސް ލީގް: މެންޗެސްޓާ ސިޓީ އިން ޕްލޭއޮފްގެ ޖާގައެއް ކަށަވަރުކޮށްފި
ޔުއެފާ ޗެންޕިއަންސް ލީގު ލީގުބުރުގައި ބުދަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ކުލަބު ބުރޫޖް އާއި ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުން މޮޅުވެ މެންޗެސްޓާ ސިޓީ އިން މުބާރާތުގެ ޕްލޭއޮފްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
23 Jan 2025
ތަފާތުބޮޑު ނަތީޖާއަކުން ސަލްޒްބާގް ބަލިކޮށް ރެއާލް މެޑްރިޑުން ޕްލޭއޮފް ޔަގީންކޮށްފި
ޔުއެފާ ޗެންޕިއަންސް ލީގުގައި ބުދަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 5-1 ގެ ނަތީޖާއަކުން ސަލްޒްބާގް ބަލިކޮށް ރެއާލް މެޑްރިޑުން މުބާރާތުގެ ޕްލޭއޮފްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
23 Jan 2025
ފަހަތުން އަރައި މެންޗެސްޓާ ސިޓީ ބަލިކޮށް ޕީއެސްޖީ އިން ޕްލޭއޮފްގެ އުންމީދު އައުކޮށްފި
ޔުއެފާ ޗެންޕިއަންސް ލީގުގައި ބުދަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީ އިން ދެލަނޑުގެ ލީޑެއް ހޯދާފައި ވަނިކޮށް ފަހަތުން އަރައި 4-2 ގެ ނަތީޖާއަކުން މޮޅުވެ ޕީއެސްޖީ އިން ޕްލޭއޮފްގެ އުންމީދު ދަމަހައްޓައިފިއެވެ.
22 Jan 2025
ޗެންޕިއަންސް ލީގުގައި ލިވަޕޫލުން މޮޅުވުމުގެ ރެކޯޑު ދަމަހައްޓައިފި
ޔުއެފާ ޗެންޕިއަންސް ލީގުގައި އަންގާރަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ފްރާންސްގެ ލިއްލެ އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ބަލިކޮށް ލިވަޕޫލުން މިސީޒަނުގެ ޗެންޕިއަންސް ލީގުގައި ދަމަހައްޓަމުން އަންނަ މޮޅުވުމުގެ ރެކޯޑަށް އިތުރު ބޮޅެއް އިތުރުކޮށްފިއެވެ.
22 Jan 2025
13 އަހަރަށްފަހު ބާސެލޯނާ އިން ފުރަތަމަ ފަހަރަށް ބެންފީކާ ބަލިކޮށްފި
ޔުއެފާ ޗެންޕިއަންސް ލީގު ލީގުބުރުގައި އަންގާރަ ދުވަހުގެ ރޭ ރަށުން ބޭރުގައި ޕޯޗުގަލްގެ ބެންފީކާ އާއި ދެކޮޅަށް ސްޕެއިންގެ ބާސެލޯނާ ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 5-4 ގެ ނަތީޖާއަކުން ބާސެލޯނާ އިން ކާމިޔާބުކޮށްފިއެވެ.
12 Dec 2024
ޓޮރޭސްގެ ދެލަނޑާއެކު ޑޯޓްމަންޑް ބަލިކޮށް ބާސެލޯނާ ދެވަނައަށް
ޔުއެފާ ޗެންޕިއަންސް ލީގުގައި ބުދަ ދުވަހުގެ ރޭ ރަށުން ބޭރުގައި 3-2 ގެ ނަތީޖާއަކުން ބޮރޫޝިއާ ޑޯޓްމަންޑް ބަލިކޮށް ބާސެލޯނާ އިން ލީގު ތާވަލުގެ ދެވަނައަށް ކުރިއަށްޖެހިލައިފިއެވެ.
12 Dec 2024
ދެވަނަ ހާފުގައި ކާމިޔާބުކުރި ލަނޑުތަކާއެކު ޔުވެންޓަސް އިން ސިޓީ ބަލިކޮށްފި
ޔުއެފާ ޗެންޕިއަންސް ލީގުގައި ބުދަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީ 2-0 ގެ ނަތީޖާއަކުން ބަލިކޮށް ޔުވެންޓަސް އިން މުބާރާތުގެ ގަދަ އަށެއްގެ އުންމީދު ދަމަހައްޓައިފިއެވެ.
12 Dec 2024
ސަކާގެ މޮޅު ކުޅުމާއެކު މޮނާކޯ އަތުން އާސެނަލްއަށް ފަސޭހަ މޮޅެއް
ޔުއެފާ ޗެންޕިއަންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ފްރާންސްގެ މޮނާކޯ އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އާސެނަލް އިން ލީގު ތާވަލުގެ ތިންވަނައަށް ކުރިއަށްޖެހިލައިފިއެވެ.