މެންޗެސްޓާ ސިޓީ އާއި ބުރޫޖް ވާދަކުރި މެޗުގެ ތެރެއިން..
ކުޅިވަރު
30 Jan 2025 | 09:51
ޗެންޕިއަންސް ލީގް: މެންޗެސްޓާ ސިޓީ އިން ޕްލޭއޮފްގެ ޖާގައެއް ކަށަވަރުކޮށްފި

ޔުއެފާ ޗެންޕިއަންސް ލީގު ލީގުބުރުގައި ބުދަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ކުލަބު ބުރޫޖް އާއި ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުން މޮޅުވެ މެންޗެސްޓާ ސިޓީ އިން މުބާރާތުގެ ޕްލޭއޮފްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ޗެންޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީ އެންމެ ފަހުން ކުޅުނު މެޗުގައި،ޕީއެސްޖީ އަތުން 4-2 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، ކުލަބު ބްރޫޖް އެންމެ ފަހުން ކުޅުނު މެޗުގަައި ޔުވެންޓަސް އާއި ވާދަކޮށް 0-0 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެމުގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ބުރޫޖް އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 45 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފީލްޑަރު ރަފައެލް އޮންޔެޑިކާ އެވެ.

މެންޗެސްޓާ ސިޓީ އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 53 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކްރޮއޭޝިއާ މިޑްފީލްޑަރު މަޓެއޯ ކޮވަސިޗް އެވެ. އަދި ސިޓީ އިން މެޗުގެ ލީޑުހޯދި ލަނޑަކީ ފަހުހާފުގެ 62 ވަނަ މިނެޓުގައި ބްރޫޖްގެ ޑިފެންޑަރު ޖޮއެލް އޯރޑޮނޭޒް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި އެޓީމުން ލީޑު ފުޅާކުރި ލަނޑު 77 ވަނަ މިނެޓުގައި ކާމިޔާބުކޮދިނީ ބްރެޒިލްގެ ފޯވާޑް ސަވީނިހޯ އެވެ.

މިނަތީޖާއެކު ލީގުބުރުގައި ކުޅުނު އަށް މެޗުން މެންސްޓާ ސިޓީއަށް ލިބުނު 11 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ލީގު ތާވަލުގެ 22 ވަނަ ލިބުނު އިރު، މިމެޗުން ބަލިވި ބްރޫޖްއަށް ވެސް އަށް މެޗުން 11 ޕޮއިންޓް ލިބިފައިވާއިރު، އެޓީމުން ލީގުބުރުގެ ކުޅުން ނިންމާލީ ތާވަލުގެ 24 ވަނައިގައެވެ.

ޗެންޕިއަންސް ލީގުގެ ފޯމެޓަށް މިސީޒަނުން ފެށިގެން ގެނެވުނު ބަދަލާއެކު މި މުބާރާތުގައި ޖުމްލަ 36 ޓީމަކުން ވާދަކުރިއިރު، މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ލީގު އުސޫލުންނެވެ. އެގޮތުން ކޮންމެ ޓީމަކުން ވެސް ޖުމްލަ އަށް މެޗު ކުޅެފައިވާއިރު، ލީގުބުރުގެ ގަދަ އަށް ޓީމަށް މުބާރާތުގެ ރައުންޓް އޮފް 16 ފުރުސަތު ވަނީ ޔަގީން ވެފައެވެ.

މީގެ އިތުރުން ރައުންޑް އޮފް 16 ގެ ބާކީ އަށް ޖާގަ ލިބިގެންދާނީ ލީގުބުރުގެ ނުވަ ވަނައިން ފެށިގެން 24 ވަނައާއި ދެމެދު ކުޅެވޭ ޕްލޭއޮފް މެޗުތަކުން ކުރިހޯދާ އަށް ޓީމަށެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.