ރެއާލް މެޑްރިޑްގެ ކުޅުންތެރިން ސިޓީ ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ
ކުޅިވަރު
12 Feb 2025 | 06:47
ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު ރެއާލް އިން ސިޓީ ބަލިކޮށްފި

ޔުއެފާ ޗެންޕިއަންސް ލީގު ޕްލޭއޮފް ފުރަތަމަ ލެގުގައި އަންގާރަ ދުވަހުގެ ރޭ ރަށުން ބޭރުގައި 3-2 ގެ ނަތީޖައަކުން މެންޗެސްޓާ ސިޓީ ބަލިކޮށް ރެއާލް މެޑްރިޑުން މުބާރާތުގެ ރައުންޑް އޮފް 16 ގެ ފުރުސަތު ބޮޑުކޮށްފިއެވެ.

މުބާރާތުގެ ޕްލޭއޮފް ބުރުން ރެއާލް މެޑްރިޑް ޖާގަހޯދީ ލީގު ބުރުގެ 11 ވަނަ ޓީމުގެ ގޮތުގައެވެ. އަދި މެންޗެސްޓާ ސިޓީ އިން ޕްލޭއޮފްގެ ޖާގައެއް ހޯދީ ލީގުބުރުގެ 22 ވަނަ ޓީމުގެ ގޮތުގައެވެ. އަދި މިދެޓީމު މިދިޔަ އަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުގައި ވާދަކޮށްފައިވާއިރު، ޕެނަލްޓީގައި ކުރިހޯދީ ރެއާލް މެޑްރިޑުންނެވެ.

މެންޗެސްޓާ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ މެންޗެސްޓާ ސިޓީ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 19 ވަނަ މިނެޓިގައި ޑިފެންޑަރު ގުއާޑިއޯލް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ ފޯވާޑް އެރްލިން ހަލާންޑް އެވެ.

ރެއާލް މެޑްރިޑުން މެޗުގެ ނަތީޖާއެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 60 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކިލިއަން އެމްބާޕޭ އެވެ. އަދި ސިޓީން މިމެޗުގައި ދެވަނަ ފަހަރަށް ލީޑު ހޯދީ ފަހުހާފުގެ 80 ވަނަ މިނެޓުގައެވެ. މިލަނޑު ވެސް އެޓީމަށް ލިބުނު ޕެނަލްޓީއެއްގައި ކާމިޔާބުކޮށްދިނީ ހަލާންޑް އެވެ. އަދި މިއީ ޗެންޕިއަންސް ލީގުގައި ކުޅުނު 48 މެޗުގައި އޭނާ ކާމިޔާބުކުރި 49 ވަނަ ލަނޑެވެ.

ނަމަވެސް އޭގެ ހަމިނެޓް ފަހުން ރެއާލް މެޑްރިޑުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ބްރަހީމް ޑިއާޒް އެވެ. 

މިމެޗުން ރެއާލް މެޑްރިޑް މޮޅުވި ލަނޑު ފަހުހާފުގެ އިތުރުވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންގްހަމް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-2 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރެއާލް މެޑްރިޑްގެ ބްރެޒިލް ފޯވާޑް ވިނީޝިއަސް ޖުނިއަރ އެވެ.

މިދެޓީމުގެ މެދުގައި ކުޅެވޭ ޕްލޭއޮފް ދެވަނަ ލެގުގެ މެޗުން މިމަހުގެ 20 ވަނަ ދުވަހުގެ ރޭ ރެއާލްގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާއިރު، މިއީ ސިޓީގެ ދަނޑުގައި 90 މިނެޓް ތެރޭގައި ރެއާލް މެޑްރިޑުން ހޯދި ފުރަތަމަ މޮޅެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.