ލަމީން ޔަމާލް (ކ) ޑިމާރިއާ (ވ)
ކުޅިވަރު
22 Feb 2025 | 18:27
ޗެންޕިއަންސް ލީގު: ކުއާޓާ ފައިނަލްގައި ބާސެލޯނާއި ބެންފީކާ ވާދަކުރަން ޖެހިއްޖެ

ޔުއެފާ ޗެންޕިއަންސް ލީގު ކުއާޓާ ފައިނަލުގެ ގުރުލުން ހުކުރު ދުވަހު ބޭއްވިއިރު، ސްޕެއިންގެ ބާސެލޯނާއި ޕޯޗުގަލްގެ ބެންފީކާ ވާދަކުރަން ޖެހިއްޖެއެވެ.

ޗެންޕިއަންސް ލީގު ލީގުބުރުގެ ދެވަނަ ޓީމުގެ ގޮތުގައި ބާސެލޯނާ ކުއާޓާ ފައިނަލުން ޖާގަހޯދިއިރު، ބެންފީކާ ކުއާޓާ ފައިނަލުން ޖާގަހޯދީ ޕްލޭއޮފްގައި 4-3 ގެ އެގްރީގޭޓް ނަތީޖާއަކުން މޮނާކޯ ބަލިކުރުމަށްފަހު އެވެ. އަދި މިދެޓީމު ލީގުބުގައި ކުޅުނު މެޗު 5-4 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބާސެލޯނާ އެވެ.

މީގެ އިތުރުން މިދެޓީމު އެންމެ ފަހުން ކުޅުނު ނުވަ މެޗުގެ ތެރެއިން ހަތަރު މެޗުން ބާސެލޯނާ މޮޅުވިއިރު، ހަތަރު މެޗު ވަނީ އެއްވަރުވެފައެވެ. އަދި އޭގެތެރެއިން ބެންފީކާ މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އަދި ބާސެލޯނާ އިން ޗެންޕިއަންސް ލީގު ފަސް ފަހަރަށް ކާމިޔާބުކުރިއިރު، ބެންފީކާ އިން ވާނީ ދެ ފަހަރަށް ޔޫރަޕްގެ ޗެންޕިއަންކަން ހޯދާފައެވެ. 

މީގެ އިތުރުން 1961 ވަނަ އަހަރުގެ ފައިނަލުގައި މިދެޓީމު ވާދަކުރި މެޗު ބެންފީކާ އިން ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުންނެވެ.

ކުއާޓާ ފައިނަލުގެ އިތުރު މެޗުތަކަށް ބަލާއި ޗެންޕިއަން ރެއާލް މެޑްރިޑް ކުޅެންޖެހުނީ ވާދަވެރި އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށެވެ. ރެއާލް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަހޯދީ ޕްލޭއޮފްގައި 6-3 ގެ ނަތީޖާއަކުން ޕްރެމިއާ ލީގު ޗެންޕިއަން މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ.

މިއީ މެޑްރިޑް ޑާބީއެއް ޗެމްޕިއަންސް ލީގުގައި ވާދަކުރާ ހަ ވަނަ ފަހަރެވެ. އަދި އޭގެ ތެރޭގައި 2014 އަދި 2016 ވަނަ އަހަރުގެ ފައިނަލުގެ އިތުރުން 1959 އަދި 2017 ވަނަ އަހަރުގެ ސެމީފައިނަލާއި 2015 ވަނަ އަހަރުގެ ކުއާޓާ ފައިނަލް ކާމިޔާބުކުރީ ރެއާލް މެޑްރިޑުންނެވެ.

ޖަރުމަނުގެ ބަޔާން މިއުނިކް ވާދަކުރަން ޖެހުނީ ޖަރުމަނުގެ ޗެންޕިއަން ބަޔާން ލެވަކޫސަން އާއި ދެކޮޅަށެވެ. މިއީ މި ދެޓީމު، ޗެމްޕިއަންސް ލީގު ތާރީޚުގައި ވެސް ވާދަކުރަންޖެހުނު ފުރަތަމަ ފަހަރެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގަ އޮތް ލިވަޕޫލް ވާދަކުރަން ޖެހުނީ ފްރާންސްގެ ޕީއެސްޖީއާ ދެކޮޅަށެވެ. މިއީ 2018-2019 ސީޒަނުން ފަހުން، މި ދެ ޓީމު ވާދަކުރާ ފުރަތަމަ ފަހަރެވެ. އަދި މި ދެ ޓީމު އެެންމެ ފަހުން ކުޅުނު މެޗުން ލިވަޕޫލް މޮޅުވިއިރު އެފަހަރު ލިވަޕޫލުން ވަނީ މުބާރާތުގެ ޗެންޕިއަންކަން ހޯދާފައެވެ.

އާސެނަލްއާއި ނެދަލޭންޑްސްގެ ޕީއެސްވީ ބައްދަލުކުރާއިރު، އެސްޓޮން ވިލާ އާ ދެކޮޅަށް ނުކުންނަނީ ބެލްޖިއަމްއަށް ނިސްބަތްވާ ކްލަބް ބްރޫޖްއެވެ.

ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ މި މެޗްތައް އޮންނާނީ މާރިޗު މަހުގެ 4-5 އަދި އެ މަހުގެ 11-12 ގައެވެ. އަދި މިއީ ޗެންޕިއަންސް ލީގު ފޯމެޓަށް ގެނެވުނު ބަދަލާއެކު 36 ޓީމައެކު މުބާރާތް ކުރިއަށް ގެންދާ ފުރަތަމަ ފަހަރެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.