ގެމަނަފުށި ބީޗް ވޮލީބޯޅ ކަޕް 2025
26 Jan 2025
ޑަޒަންޓް މެޓާ ކަޓުވާލުމަށްފަހު ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ހޫ ސްޕޯޓްސް ކުލަބު ސެމީފައިނަލުން ޖާގަހޯދައިފި
ގއ.ގެމަނަފުށީގައި މިހާރު ކުރިއަށްދާ " ގެމަނަފުށި ބީޗު ވޮލީބޯޅަ ކަޕް 2025"ގެ ގުރޫޕް އޭގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ހޫ ސްޕޯޓްސް ކުލަބާއި ޑަޒަންޓް މެޓާ ވާދަކުރި މެޗު ސީދާ ދެ ސެޓުން ކާމިޔާބުކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ހޫ ސްޕޯޓްސް ކުލަބު ސެމީފައިނަލުން ޖާގަހޯދައިފިއެވެ.
25 Jan 2025
ޑަޒަންޓް މެޓާ ބަލިކޮށް ބީޗް ބަމްޕަރސް އިން ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފި
ގއ.ގެމަނަފުށީގައި މިހާރު ކުރިއަށްދާ " ގެމަނަފުށި ބީޗު ވޮލީބޯޅަ ކަޕް 2025"ގެ ގުރޫޕް އޭގައި މިއަދު ހަވީރު ކުޅުނު ދެވަނަ މެޗުގައި ޑަޒަންޓް މެޓާއި ބީޗް ބަމްޕާސް ކުޅުނު މެޗު ސީދާ ދެ ސެޓުން ކާމިޔާބުކޮށް ބީޗް ބަމްޕާސް އިން މުބާރާތުގެ ސެމީފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
25 Jan 2025
ފަސޭހަކަމާއެކު ސީދާ ދެ ސެޓުން ވީބީ ސްޕައިކާސް ބަލިކޮށް ކްލަމްސީ ގުރޫޕްގެ އެއްވަނައަށް
ގއ.ގެމަނަފުށީގައި މިހާރު ކުރިއަށްދާ " ގެމަނަފުށި ބީޗު ވޮލީބޯޅަ ކަޕް 2025"ގެ ގުރޫޕް ބީގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ކްލަމްސީ އާއި ވީބީ ސްޕައިކާސް ވާދަކުރި މެޗު ފަސޭހަކަމާއެކު ސީދާ ސެ ސެޓުން މޮޅުވެ ކްލަމްސީ އިން ގުރޫޕްގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
24 Jan 2025
ވާދަވެރި ކުޅުމަކަށްފަހު ގެމަ ސިޓީ ބަލިކޮށް ވީބީ ސްޕައިކާސް އިން މުބާރާތް ފެށީ އިތުބާރާއެކު
ގއ.ގެމަނަފުށީގައި މިހާރު ކުރިއަށްދާ " ގެމަނަފުށި ބީޗު ވޮލީބޯޅަ ކަޕް 2025"ގެ ގުރޫޕް ބީގައި މިއަދު ހަވީރު ކުޅުނު ދެވަަނަ މެޗުގައި ގެމަ ސިޓީ އާއި ވީބީ ސްޕައިކާސް ކުޅުނު މެޗު ސީދާ ދެ ސެޓުން ކާމިޔާބުކޮށް ސްޕައިކާސް އިން މުބާރާތް ފެށީ އިތުބާރާއެކުގައެވެ.
24 Jan 2025
ފަހަތުން އަރައި ބީޗް ބަމްޕާސް ބަލިކޮށް ހޫ ސްޕޯޓްސް ކުލަބުން ފެށުން ރަނގަޅުކޮށްފި
ގއ.ގެމަނަފުށީގައި މިހާރު ކުރިއަށްދާ " ގެމަނަފުށި ބީޗު ވޮލީބޯޅަ ކަޕް 2025"ގެ ގުރޫޕް އޭގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ހޫ ސްޕޯޓްސް ކުލަބާއި ބިޗް ބަމްޕާސް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ހޫ ސްޕޯޓްސް ކުލަބުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.