ބަމްޕާސް އާއި ހޫ ސްޕޯޓްސް ކުލަބު ވާދަކުރި މެޗުގެ ތެރެއިން..
ކުޅިވަރު
24 Jan 2025 | 15:32
ފަހަތުން އަރައި ބީޗް ބަމްޕާސް ބަލިކޮށް ހޫ ސްޕޯޓްސް ކުލަބުން ފެށުން ރަނގަޅުކޮށްފި

ގއ.ގެމަނަފުށީގައި މިހާރު ކުރިއަށްދާ " ގެމަނަފުށި ބީޗު ވޮލީބޯޅަ ކަޕް 2025"ގެ ގުރޫޕް އޭގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ހޫ ސްޕޯޓްސް ކުލަބާއި ބިޗް ބަމްޕާސް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ހޫ ސްޕޯޓްސް ކުލަބުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓް ހަތަރު ޕޮއިންޓްގެ ލީޑަކާއެކު 17-21 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބީޗް ބަމްޕާސް އިންނެވެ.

ނަމަވެސް ޖެހިގެންއައި ދެވަނަ ސެޓުގައި ހޫ ސްޕޯޓްސް ކުލަބުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ރިސީވްތަކާއެކު އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިސެޓް ފަސޭހަކަމާއެކު 12-21 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެޓީމުން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

މިއާއެކު މެޗުގެ ނަތީޖާ ނެރުމަށްޓަކައި ކުޅެވުނު ތިންވަނަ ސެޓް 15-5 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ހޫ ސްޕޯޓްސް ކުލަބުން ވަނީ ފަހަތުން އަރައި ދެ ސެޓް އެއްސެޓުން މެޗު ކާމިޔާބުކޮށްފައެެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހޫ ސްޕޯޓްސް ކުލަބުގެ އަހުމަދު ސިނާހް އެވެ.

24 ޖެނުއަރީ 2025 އިން 29 ޖެނުއަރީ 2025 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި މިއަހަރު ޖުމްލަ ހަ ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި ހަ ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ.

އެގޮތުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ، ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ލިބިގެންދާނެއެވެ.

މިމުބާރާތުގެ ޗެންޕިއަން ޓީމަށް 10،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، މިމުބާރާތަކީ ގެމަނަފުށީގެ އިތުރުން ހުވަދު އަތޮޅުގައި ވެސް ބާއްވާ ފުރަތަމަ ބީޗު ވޮލީބޯޅަ މުބާރާތެވެ.

މިއަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރއަކީ ޕްލެޓިނަމް ލެގެސީ އެވެ. އަދި ސިލްވާ ސްޕޮންސަރއެއްގެ ގޮތުގައި ޝަޓަރ އެކްސްޕަރޓް މޯލްޑިވްސް ހަމަޖައްސާފައިވާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ ވޮއިސް ސްޕޯޓްސް އަދި ހުވަދޫ މީޑިޔާ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Aug 2026
ފަލަސްތީނުގެ 1,700 މީހުންގެ ހަށިގަނޑު އިސްރާއީލުން ހިފަހައްޓާފައި
އިސްރާއީލުގެ ސަލާމަތީ ބާރުތަކުން، މުސްތަގުބަލުގައި ބަދަލުކުރެވޭ "ބާގޭނިންގ ޗިޕްސް"ގެ ގޮތުގައި ފަލަސްތީނުގެ 1,700 އެއްހާ މީހުންގެ ހަށިގަނޑު ހިފަހައްޓާފައިވާކަން ހާމަވެއްޖެއެވެ.
12 Aug 2026
ކުޑަކުއްޖަކު ސީޓްބެލްޓް އަޅަން ދެކޮޅުހެދުމުން ކެނެޑާގެ ފްލައިޓެއް ކެންސަލްކޮށްފި
މި މަހުގެ 6 ވަނަ ދުވަހު ހިނގި މި ހާދިސާގައި، ފްލައިޓް ނައްޓާލަން ތައްޔާރުވަމުން ދަނިކޮށް އެ ކުއްޖާ ވަނީ ގޮނޑިން ތެދުވެ ސީޓްބެލްޓް އެޅުމަށް އިންކާރުކޮށްފައެވެ. އެއަރލައިނުން ބުނި ގޮތުގައި، ކުއްޖާގެ ބެލެނިވެރިޔާއާއި ފްލައިޓްގެ ކުރޫއިން އެ ކުއްޖާ މައިތިރިކޮށް ސީޓްބެލްޓް އެޅުވުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.
12 Aug 2026
މިސައިލް ނުރައްކަލާ ގުޅިގެން ޓްރަމްޕް ސިއްރުން ބޯޓު ބަދަލުކޮށްފި
މިދިޔަ މަހު ތުރުކީގައި ބޭއްވި ނޭޓޯ ސަމިޓަށް ފަހު އެނބުރި އެމެރިކާއަށް ވަޑައިގެންނެވުމުގެ ދަތުރުގައި އީރާނުގެ މިސައިލް ހަމަލާއެއް އައިސްދާނެ ކަމުގެ ޖާސޫސީ މަޢުލޫމާތާ ގުޅިގެން ރައީސް ޑޮނަލްޑް ޓްރަމްޕް ސިއްރިޔާތުގައި އެހެން މަތިންދާބޯޓަކަށް ބަދަލުކޮށްފައިވާކަން ހާމަވެއްޖެއެވެ.
12 Aug 2026
ސޫރިޔާގެ ކޯޓުން ބައްޝާރުލް އަސަދާއި އާއިލާގެ ދެ މެންބަރަކަށް މަރުގެ ޙުކުމް އިއްވައިފި
ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި ހިންގި ޖަރީމާތަކާ ގުޅިގެން ބައްޝާރުލް އަސަދާއި ކޮއްކޮ މާހިރާއި ދެބެންގެދެދަރި އާތިފް ނަޖީބުގެ މައްޗަށް ދިމިޝްގުގެ ކޯޓުން މަރުގެ ޙުކުމް އިއްވައިފިއެވެ.
11 Aug 2026
މުދައްރިސުންގެ ދަތިކަމަށް ހައްލު ހޯދަން ސްރީލަންކާއިން މަސައްކަތް ފަށައިފި
ސައެންސާއި ހިސާބު ފަދަ މާއްދާތަކަށް ބޭނުންވާ މުދައްރިސުންގެ ޢަދަދު މަދުވެފައިވާތީ އައު މުދައްރިސުން ނެގުމުގެ މަރުޙަލާ އަވަސް ކުރުމަށް ބޮޑު އިސްކަމެއް ދިނުމަށް ވަނީ ނިންމާފައި
11 Aug 2026
ސީއެމްޑީއޭގެ ނަމުގައި ފޭކް ފޭސްބުކް ޕޭޖެއް ހިންގާތީ ސަމާލުވާން އެދިއްޖެ
ސީއެމްޑީއޭއިން ވަނީ އިންވެސްޓަރުންނާއި ޢާންމު ރައްޔިތުން އެ ޕޭޖާ އެއްވެސް މުޢާމަލާތެއް ނުކޮށް ޒާތީ މަޢުލޫމާތު ހިއްސާ ނުކޮށް އަދި އެ ޕޭޖުގެ އެއްވެސް ކޮންޓެންޓަކަށް ބިނާކޮށް ޢަމަލު ނުކުރުމަށް އެދިފައެވެ.
11 Aug 2026
ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖަކު ގެންނަނީ، އެނޫން އެހެންގޮތެއް ނެތުމުން
މައިންބަފައިންގެ ކިބައިގައި ނުކުޅެދުންތެރިކަމެއް ހުރުމަކީ ކުއްޖާ ވަކިކުރުމުގެ ޞައްޙަ ސަބަބެއް ނޫން ކަމަށާއި ދައުލަތުގެ ބެލުމުގެ ދަށަށް ނެގުމަކީ އެ ޤާނޫނުގެ ދަށުން އެޅޭނެ އެންމެ ފަހު ފިޔަވަޅު ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ
11 Aug 2026
ބިރުވެރި ހާދިސާއެއް: ގިނަ ބަޔަކު ދަތުރުކުރި ލޯންޗެއް އަޑިއަށް
ލޯންޗުގައި ތިބި މީހުން އެހެން ލޯންޗަކަށް ބަދަލުކުރިތާ އިރުކޮޅެއްގެ ތެރޭގައި ލޯންޗުން ބޮޑު ބައެއް ވަނީ އަޑިއަށް ގޮސްފަ އެވެ.