ޑަޒަންޓް މެޓާއި ބީޗް ބަމްޕާސް ވާދަކުރި މެޗުގެ ތެރެއިން..
ކުޅިވަރު
25 Jan 2025 | 18:00
ޑަޒަންޓް މެޓާ ބަލިކޮށް ބީޗް ބަމްޕަރސް އިން ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފި

ގއ.ގެމަނަފުށީގައި މިހާރު ކުރިއަށްދާ " ގެމަނަފުށި ބީޗު ވޮލީބޯޅަ ކަޕް 2025"ގެ ގުރޫޕް އޭގައި މިއަދު ހަވީރު ކުޅުނު ދެވަނަ މެޗުގައި ޑަޒަންޓް މެޓާއި ބީޗް ބަމްޕާސް ކުޅުނު މެޗު ސީދާ ދެ ސެޓުން ކާމިޔާބުކޮށް ބީޗް ބަމްޕާސް އިން މުބާރާތުގެ ސެމީފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ބީޗް ބަމްޕަރސް ކުޅުނު ފުރަތަމަ މެޗުގައި ހޫ ސްޕޯޓްސް ކުލަބު އަތުން ދެސެޓް އެއްސެޓުން ބަލިވެފައިވާއިރު، މިއީ ޑަޒަންޓް މެޓާ އިން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ. އަދި މެދުގެ ފުރަތަމަ ސެޓުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިސެޓް ދެޕޮއިންޓްގެ ލީޑަކާއެކު 23-25 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބީޗް ބަމްޕާސް އިންނެވެ.

މީގެ އިތުރުން މެޗުގެ ދެވަނަ ސެޓުގައި ބީޗް ބަމްޕާސް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ރިސީވްތަކާއެކު އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިސެޓް އެޓީމުން ކާމިޔާބުކުރީ ފަސޭހަކަމާއެކު 15-21 ގެ ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބީޗު ބަމްޕާސްގެ މުހައްމަދު ޒާހިރު އެވެ.

މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ބީޗް ބަމްޕާސްއަށް ތިން ޕޮއިންޓް ލިބިފައިވާއިރު، އެޓީމުން ވަނީ މުބާރާތުގެ ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފައެވެ. އަދި މިމެޗުން ބަލިވި ޑަޒަންޓް މެޓާ އިން ގުރޫޕް ސްޓޭޖުގެ ފަހުމެޗުގައި ހޫ ސްޕޯޓްސް ކުލަބު އަތުން ސީދާ ދެސެޓުން މޮޅުވެ ސެމީފައިނަލުން ޖާގަ ހޯދުމުގެ ފުރުސަތު އެޓީމަށް ވެސް އެބައޮތެވެ.

ނަމަވެސް އެމެޗުން ހޫ ސްޕޯޓްސް ކުލަބު މޮޅުވެ ނުވަތަ ދެސެޓް އެއްސެޓުން ބަލިވި ނަމަވެސް މިގުރޫޕުން ސެމީގެ ދެވަނަ ޖާގަ ލިބިގެންދާނީ ހޫ ސްޕޯޓްސް ކުލަބަށެވެ.

24 ޖެނުއަރީ 2025 އިން 29 ޖެނުއަރީ 2025 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި މިއަހަރު ޖުމްލަ ހަ ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި ހަ ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ.

އެގޮތުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ، ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ލިބިގެންދާނެއެވެ.

މިމުބާރާތުގެ ޗެންޕިއަން ޓީމަށް 10،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، މިމުބާރާތަކީ ގެމަނަފުށީގެ އިތުރުން ހުވަދު އަތޮޅުގައި ވެސް ބާއްވާ ފުރަތަމަ ބީޗު ވޮލީބޯޅަ މުބާރާތެވެ.

މިއަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރއަކީ ޕްލެޓިނަމް ލެގެސީ އެވެ. އަދި ސިލްވާ ސްޕޮންސަރއެއްގެ ގޮތުގައި ޝަޓަރ އެކްސްޕަރޓް މޯލްޑިވްސް ހަމަޖައްސާފައިވާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ވޮއިސް ސްޕޯޓްސް އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.