ކްލަމްސީގެ ކުޅުންތެރިން
ކުޅިވަރު
27 Jan 2025 | 16:46
ވާދަވެރި ކުޅުމަކަށްފަހު ބީޗު ބަމްޕާސް ބަލިކޮށް ފައިނަލްގެ ދެވަނަ ޖާގަ ކްލަމްސީއަށް

ގއ.ގެމަނަފުށީގައި މިހާރު ކުރިއަށްދާ " ގެމަނަފުށި ބީޗު ވޮލީބޯޅަ ކަޕް 2025"ގެ ސެމީފައިނަލުގެ ދެވަނަ މެޗުގައި 2-0 ގެ ނަތީޖާއަކުން ބީޗު ބަމްޕާސް ބަލިކޮށް ފައިނަލުގެ ދެވަނަ ޖާގަ ކްލަމްސީ އިން ހޯދައިފިއެވެ. 

ކްލަމްސީ ސެމީފައިނަލުން ޖާގަހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ގުރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ބީޗު ބަމްޕާސް ސެމީފައިނަލުން ޖާގަހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ހޯދި ހަތަރު ޕޮއިންޓާއެކު ގުރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައެވެ. 

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެމިގެންދިޔައިރު، މެޗުގެ ފުރަތަމަ ސެޓް ތިން ޕޮއިންޓްގެ ލީޑަކާއެކު 18-21 ގެ ނަތީޖާއަކުން ކްލަމްސީ ކާމިޔާބުކުރިއިރު، ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ ފަސް ޕޮއިންޓްގެ ލީޑަކާއެކު 16-21 ގެ ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކްލަމްސީގެ ހުސެއިން ފަނީޒް އެވެ. 

މުބާރާތުގެ ފައިނަލްގައި މިމަހުގެ 29 ވަނަ ދުވަހުގެ ހަވީރު 16:00 ގައި ކްލަމްސީ އިން ނުކުންނާނީ ހޫ ސްޕޯޓްސް ކުލަބާއި ދެކޮޅަށެވެ.

ޖެނުއަރީ 2025 އިން 29 ޖެނުއަރީ 2025 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި މިއަހަރު ޖުމްލަ ހަ ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި ހަ ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ.

އެގޮތުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ، ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ސެމީ ފައިނަލުން ވަނީ ޖާގަ ލިބިފައެވެ.

މިމުބާރާތުގެ ޗެންޕިއަން ޓީމަށް 10،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، މިމުބާރާތަކީ ގެމަނަފުށީގެ އިތުރުން ހުވަދު އަތޮޅުގައި ވެސް ބާއްވާ ފުރަތަމަ ބީޗު ވޮލީބޯޅަ މުބާރާތެވެ.

މިއަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރއަކީ ޕްލެޓިނަމް ލެގެސީ އެވެ. އަދި ސިލްވާ ސްޕޮންސަރއެއްގެ ގޮތުގައި ޝަޓަރ އެކްސްޕަރޓް މޯލްޑިވްސް ހަމަޖައްސާފައިވާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ވޮއިސް ސްޕޯޓްސް އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Aug 2026
ޓްރަމްޕާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ 'ޓްރުތު ސޯޝަލް' ގައި ކުރައްވާ ޕޯސްޓްތައް، އެހެން މީހުންނަށްވުރެ ކުރިން ބެލުމުގެ ފުރުސަތު ފައިސާ ދައްކާ ފަރާތްތަކަށް ވިއްކާތީ އެކަމާ ދެކޮޅަށް ދައުވާކޮށްފިއެވެ.
13 Aug 2026
އެސްޓަންވިލާ ބަލިކޮށް ޔުއެފާ ސުޕަކަޕް ޕީއެސްޖީއަށް
ޕީއެސްޖީން ސުޕަކަޕް ހޯދިއިރު، މިއީ އެޓީމް ވަނީ ވިދިވިދިގެން ދެފަހަރަށް ތަށި ހޯދި ޓީމްތަކުގެ ތެރޭގައި ހިމެނިފައެވެ.
13 Aug 2026
ކޮންމެ ފަރުދެއްގެވެސް ނަފުސާނީ ދުޅަހެޔޮކަމަށް ސަމާލުވާންޖެހޭ: މެޑަމް ސާޖިދާ
އޮފީހަށް އަންނައިރު ކޮންމެ މުވައްޒަފެއްގެ ހިތުގައިވެސް އާއިލީ، ޞިއްޙީ، އަދި ދަރިންގެ ކިޔެވުން ފަދަ ކަންކަމާއި ގުޅޭ ތަފާތު ފިކުރުތަކާއި އުދާސްތައް ހުންނާނެކަމަށާ، ކޮންމެ ފަރުދެއްގެވެސް ނަފުސާނީ ޙާލަތަށް ފަރުވާތެރިވާން ޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
13 Aug 2026
ބޭންކުތަކުން ޑޮލަރު ދޫކުރާ މިންވަރަށް އައި ބަދަލު
ރާއްޖޭގައި ޑޮލަރުގެ ތާށިކަން އޮތް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކަކީ ހަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއްކަން ހާމަކޮށްދެއްވުމަށް، އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ތަފާސްހިސާބުތައް އާންމުކުރައްވައިފިއެވެ.
12 Aug 2026
ސާޅީސް ޖަމިއްޔާއާ އެކު ސަލަފުގެ މަދަނީ ޖަމިއްޔާތަކުގެ މަހާސިންތާ މާދަމާ ރޭ ފަށަނީ
މި ހަފްތާ ބަންދުގައި މާލޭގައި ކުރިއަށް ދާ މި މަހާސިންތާގައި 40 ޖަމިއްޔާއަކުން މިހާތަނަށް ބައިވެރިވެފައިވެ އެވެ.
12 Aug 2026
ބައްޕަ މަރުވުމާ ގުޅިގެން މެސީގެ އަސަރުގަދަ ޕޯސްޓެއް
"އެއީ ހަމައެކަނި ބައްޕައެއް ނޫނެވެ. އެއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. އަދި އަހަރެންގެ ހުރިހާ ކަމެއް ބަލަހައްޓައިދިން ފަރާތެވެ"
12 Aug 2026
ބީއެމްއެލްއިން ޓީޓީތަކަށް ދޫކުރާ ޑޮލަރު އިތުރުކޮށްފި
ބީއެމްއެލްއިން ބުނީ މި ނިންމުން ނިންމީ އެ ބޭންކަށް ލިބޭ ޑޮލަރުގެ މިންވަރާއި ކަސްޓަމަރުން ހުށަހަޅާ ޓީޓީތަކުގެ އަދަދަށް ބެލުމަށް ފަހުގައި ކަމަށެވެ
12 Aug 2026
ނަޝީދު ގޮވާލެއްވުން: 10 ދުވަސްތެރޭ 19ރއަށް، މަސްދުވަސްތެރޭ 17ރއަށް ޑޮލަރުގެ އަގު ތިރިކުރޭ
އެއީ ކުރިއަށް އޮތް 10 ދުވަސްތެރޭ ކަޅުބާޒާރުގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް ތިރިކުރުން ކަމުގައި ވިދާޅުވި އެވެ.