21 Feb 2025
ރެސިޕީ: ސަލާދުފަތު ސެލެޑު
ސަލާދުފަތް ނުވަތަ އާއްމު ނަމުން ނަމަ ލެޓިޔުސް ފަތަކީ، އެ ހުންނަ ގޮތަށް ކާލަންވެސް ވަރަށް މީރު، ސިއްހަތަށް ވަރަށް ފައިދާހުރި ފަތެކެވެ. އަދި އެ ފަތުން ސެލެޑް ފަދަ އެއްޗެއް ތައްޔާރު ކޮށްލުމުން، ރަހަ ދެތިން ގުނައަށް މީރުވެ، ސުފުރާމަތި އިތުރަށް ފަޅު ފިލުވާލަދެއެވެ. އެހެންކަމުން މި ހުކުރު މި ގެނެސްދެނީ ސަލާދުފަތުން މީރު ސެލެޑެއް ތައްޔާރު ކުރާނެ ގޮތުގެ ރެސިޕީއެވެ.