ކްރިސްޕީ ޗިކަން ފިންގާސް އަދި ޑިޕިންގ ސޯސް
ލައިފްސްޓައިލް
09 Mar 2025 | 10:24
މުރަނަކޮށް ’ކްރިސްޕީ ޗިކަން ފިންގާސް‘ ހަދަން ބޭނުންނަމަ މި ރެސިޕީ ޓްރައި ކޮށްލާ

ކްރިސްޕީ ޗިކަން ފިންގާސް އަކީ ރޯދަމަހު ރޯދަ ވީއްލާ ގަޑިއަށް ހެދިކާއެއްގެ ގޮތުގައި ކާލަންވެސް ކަމުދާނެ އެއްޗެކެވެ. އެހެންކަމުން، މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ މުރަނަކޮށް ޗިކަން ފިންގާސް ހަދާނެ ގޮތުގެ ރެސިޕީއެވެ. 

ކުކުޅަށް ބޭނުންވާ ތަކެތި:

1 ކިލޯ ކުކުޅު މަސް، ފަތި ފަތިކޮށް ސްޓްރައިޕްސް ގޮތަށް ކޮށާފައި

1/4 ޖޯޑު ފުލްކްރީމް މިލްކް

2 މޭޒުމަތީ ސަމުސާ ކޯންސްޓާޗް

2 މޭޒުމަތީ ސަމުސާ ފުށް

1 ސައިސަމުސާ ލޮނު

1/2 ސައިސަމުސާ އަސޭމިރުސް (މުގުރާފައި)

1 ސައިސަމުސާ މުގުރި މިރުސް

1-2 ސައި ސަމުސާ ގާރލިކް ޕައުޑަރ

1/2 ޗިކެން ބްރޯތް ކިއުބް

1 ބިސް

3-4 ތަށި ބްރެޑްކްރަމްބްސް

1/2 ސައިސަމުސާ ލޮނު

ސޯސްއަށް ބޭނުންވާ ތަކެތި:

1 ތަށި މަޔޮނައިޒް

2 މޭޒުމަތީ ސަމުސާ ލުނބޯ ހުތް

1 ސައިސަމުސާ ހަކުރު

1 ސައިސަމުސާ ޕާސްލީ

1 ސައި ސަމުސާ ލޮނުމެދު ޕައުޑަރ

ކުޑަ ލޮނުކޮޅެއް

އަސޭމިރުސް

ތައްޔާރުކުރާނެ ގޮތް:

1. އަވަން 200 ޑިގްރީ ސެލްސިއަސް އަށް ހޫނުކުރަން ޖައްސާށެވެ. ދެން ބޭކިންގ ޝީޓެއްގައި ޕާޗްމަންޓް ޕޭޕަރު އަތުރާލާށެވެ. 

2. ތަށްޓެއްގައި ކިރު، ކޯންސްޓާޗް، ފުށް، 1 ސައިސަމުސާ ލޮނު، އަސޭމިރުސް، މުގުރި މިރުސް، ގާރލިކް ޕައުޑަރ، އަދި ޗިކެން ބްރޯތް ކިއުބް ރަނގަޅަށް އެއްކޮށްލާށެވެ. 

3. އެހެން ތަށްޓެއްގައި ބިސް ރަނގަޅަށް އެއްކޮށްލާށެވެ. 

4. އެހެން ތަށްޓެއްގައި ބްރެޑްކްރަމްބްސް، ހިކި ޕާސްލީ އަދި 1/2 ސަމުސާ ލޮނު އެއްކޮށްލާށެވެ. 

5. ކުކުޅު ސްޓްރައިޕްސް ކިރު މިކްސްޗަރަށް ލުމަށްފަހު، ދެން ބިހަށް ލާށެވެ. އެފަހުން، ބްރެޑްކްރަމްބްސް މިކްސްޗަރަށް ލައި ބްރެޑްކްރަމްބްސް ރަނގަޅަށް އުނގުޅާލާށެވެ. 

6. ކޯޓްކުރެވިފައިވާ ކުކުޅުތައް ތައްޔާރުކޮށްފައިވާ ބޭކިންގ ޝީޓުގައި އަތުރާލާށެވެ. 

7. އެއަށްފަހު ހޫނުކޮށްފައިވާ އަވަނުގައި 20-25 މިނެޓު ވަންދެން، ނުވަތަ ކުކުޅު ރަނގަޅަށް ކެއްކި، ކޯޓިންގ ރީއްޗަށް ރަތްވެ ރަން ކުލައަށް ވަންދެން ފިހެލާށެވެ.

8. ކުކުޅު ފިހެވެމުންދާއިރު، ޑިޕިންގ ސޯސް ތައްޔާރުކުރުމަށް ކުޑަ ތަށްޓެއްގައި މަޔޮނައިޒް، ލުނބޯ ހުތް، ހަކުރު، ޕާސްލީ، ލޮނުމެދު ޕައުޑަރ، ލޮނު، އަދި އަސޭމިރުސް ރަނގަޅަށް އެއްކޮށްލާށެވެ. 

9. ފިހެފައިވާ ކުކުޅު ސޯހާއެކު ކާލަން ވަރަށް މީރު ވާނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް