ދިވެހި ކުޅިވަރު
14 Jun 2025
ވާދަވެރި ކުޅުމަކަށްފަހު ދިއްދޫ ބަލިކޮށް ފިނޭ އިން ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފި
މުރައިދޫ އިންވިޓޭޝަނަލް ވެޓަރެންސް ވޮލީބޯޅަ ޓޯނަމެންޓް 2025 ގެ ގުރޫޕް އޭގައި މިއަދު ހަވީރު ކުޅުނު މެޗުގައި ވާދަވެރި ކުޅުމަކަށްފަހު ތިންސެޓް ދެސެޓުން ދިއްދޫ ބަލިކޮށް ބާކީ އެއްމެޗު އޮއްވައި ފިނޭ އިން ސެމީފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
14 Jun 2025
ދެވަނަ މެޗުގައި ވަށަފަރު އަތުން ހަނިމާދޫއަށް ފަސޭހަ މޮޅެއް
މުރައިދޫ އިންވިޓޭޝަނަލް ވެޓަރެންސް ވޮލީބޯޅަ ޓޯނަމެންޓް 2025 ގެ ގުރޫޕް ބީގައި މިއަދު ކުޅުނު ފުރަތަމަ ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ވަށަފަރު ބަލިކޮށް ހަނިމާދޫ އިން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.
13 Jun 2025
"ކުޑަހުވަދޫ ބޮޑު ޢީދު ފުޓްސަލް ޗެލެންޖު 1446" ގެ ޗެންޕިއަންކަން މައިދާން އެސްސީ އިން ހޯދައިފި
ބުރަދާސް އެކަޑަމީގެ ފަރާތުން އިންތިޒާމުކޮށް ބާއްވާ "ކުޑަހުވަދޫ ބޮޑު ޢީދު ފުޓްސަލް ޗެލެންޖު 1446" ގެ ފައިނަލުގައި މައިދާން އެސްސީ އާއި ޑްރީމް އެފްސީ ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މައިދާން އެސްސީ އިން މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.
13 Jun 2025
ފަސޭހަކަމާއެކު ބާރަށް ބަލިކޮށް ފިއްލަދޫ ގުރޫޫޕްގެ އެއްވަނައަށް
މުރައިދޫ އިންވިޓޭޝަނަލް ވެޓަރެންސް ވޮލީބޯޅަ ޓޯނަމެންޓް 2025 ގެ ގުރޫޕް ބީގައި މިރޭ ކުޅުނު މެޗުގައި ބާރަށާއި ފިއްލަދޫ ވާދަކުރި މެޗު ފަސޭހަކަމާއެކު ސީދާ ތިންސެޓުން ފިއްލަދޫ އިން ކާމިޔާބުކޮށްފި އެވެ.
13 Jun 2025
ވާދަވެރި ކުޅުމަކަށްފަހު ފަހަތުން އަރައި ދިއްދޫ އިން އުތީމު ބަލިކޮށްފި
މުރައިދޫ އިންވިޓޭޝަނަލް ވެޓަރެންސް ވޮލީބޯޅަ ޓޯނަމެންޓް 2025 ގެ ގުރޫޕް އޭގައި މިއަދު ހަވީރު ކުޅުނު މެޗުގައި އުތީމުން ދެ ސެޓް ހޯދާފައި ވަނިކޮށް ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުން މޮޅުވެ ދިއްދޫ އިން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.
13 Jun 2025
ޖޫނިއާ ނެޝަނަލް ކެރަމް ޗެންޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް ފަރާތުން މުޅިން އަލަށް ބާއްވާ ޖޫނިއާ ނެޝަނަލް ކެރަމް ޗެންޕިއަންޝިޕް، ކެރަމް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
12 Jun 2025
ޕެނަލްޓީގައި ރޯޔަލް ސިޓީ ބަލިކޮށް ފައިނަލްގެ ދެވަނަ ޖާގަ މައިދާން އެސްސީ އިން ހޯދައިފި
ބުރަދާސް އެކަޑަމީގެ ފަރާތުން އިންތިޒާމުކޮށް ބާއްވާ "ކުޑަހުވަދޫ ބޮޑު ޢީދު ފުޓްސަލް ޗެލެންޖު 1446" ގެ ސެމީފައިނަލް ދެވަނަ މެޗުގައި މައިދާން އެސްސީ އާއި ރޯޔަލް ސިޓީ ވާދަކުރި މެޗު 3-3 ގެ ނަތީޖާއަކުން އެއްވަރުވެ، ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި 6-5 ގެ ނަތީޖާއަކުން މޮޅުވެ މައިދާން އެސްސީ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
12 Jun 2025
ވަޑައިގަތްމަގު ކަޓުވާލުމަށްފަހު ފައިނަލުގެ ފުރަތަމަ ޖާގަ ޑްރީމް އެފްސީ އިން ހޯދައިފި
ބުރަދާސް އެކަޑަމީގެ ފަރާތުން އިންތިޒާމުކޮށް ބާއްވާ "ކުޑަހުވަދޫ ބޮޑު ޢީދު ފުޓްސަލް ޗެލެންޖު 1446" ގެ ސެމީފައިނަލް ފުރަތަމަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 3-1 ގެ ނަތީޖާއަކުން ވަޑައިގަތްމަގު ބަލިކޮށް ޑްރީމް އެފްސީ އިން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.