ދިވެހި ކުޅިވަރު
24 Jun 2025
"10 ވަނަ ކިކާޒް ފުޓްބޯލް ކާނިވަލް"ގެ 12 އަހަރުން ދަށުގެ ޗެންޕިއަންކަން ހޯދި ޓީމުގައި އޭމްޖީ ސްޕޯޓްސް ސެކަޑަމީގެ ތިން ކުޅުންތެރިން
ސްރީ ލަންކާގެ ކިކާޒް އެކެޑެމީން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ 10 ވަނަ ކިކާޒް ފުޓްބޯލް ކާނިވަލްގައި ވާދަކޮށް 12 އަހަރުން ދަށުގެ ޗެންޕިއަންކަން ހޯދި ވިލިމާލެ ޔުނައިޓެޑުގެ ޓީމުގައި އެމްޖީ ސްޕޯޓްސް އެކަޑަމީގެ ތިން ކުޅުންތެރިޔަކު ހިމެނިއްޖެއެވެ.
22 Jun 2025
މުރައިދޫ އިންވިޓޭޝަނަލް ވެޓަރެންސް ވޮލީބޯޅަ ޓޯނަމެންޓް 2025 ގެ ޗެންޕިއަންކަން ކެލާ އިން ހޯދައިފި
މުރައިދޫ އިންވިޓޭޝަނަލް ވެޓަރެންސް ވޮލީބޯޅަ ޓޯނަމެންޓް 2025 ފައިނަލުގައި މިރޭ ފިއްލަދޫ އާއި ކެލާ ވާދަކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް މުބާރާތުގެ ޗެންޕިއަންކަން ކެލާ ޓީމުން ހޯދައިފިއެވެ.
21 Jun 2025
ވާދަވެރި ކުޅުމަކަށްފަހު މުރައިދޫ ބަލިކޮށް ފައިނަލްގެ ދެވަނަ ޖާގަ ކެލާ އިން ހޯދައިފި
މުރައިދޫ އިންވިޓޭޝަނަލް ވެޓަރެންސް ވޮލީބޯޅަ ޓޯނަމެންޓް 2025 ގައި މިރޭ ކުޅުނު ސެމީފައިނަލް ދެވަނަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުން މުރައިދޫ ބަލިކޮށް ކެލާ އިން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
21 Jun 2025
މޮސްކް ޗެންޕިއަންސް ލީގު ޗެންޕިއަންކަން މަސްޖިދު ނޫރު އަދި މަސްޖިދު ހިދާޔާ އިން ހޯދައިފި
ޖަމްއިއްޔަތުލް އިމާމް ޝާފީގެ ފަރާތުން އިންތިޒާމުކޮށް ފުވައްމުލައް ސިޓީގެ މިސްކިތްތަކުގެ މެދުގައި ބޭއްވި ފުރަތަމަ މޮސްކް ޗެންޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ޗެންޕިއަންކަން މަސްޖިދުއް ނޫރު އަދި މަސްޖިދުލް ހިދާޔާ އިން ހޯދައިފިއެވެ.
20 Jun 2025
ފަސޭހަކަމާއެކު ފިނޭ ބަލިކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ފިއްލަދޫ އިން ހޯދައިފި
މުރައިދޫ އިންވިޓޭޝަނަލް ވެޓަރެންސް ވޮލީބޯޅަ ޓޯނަމެންޓް 2025 ގައި މިއަދު ހަވީރު ކުޅުނު ސެމީފައިނަލް ފުރަތަަމަ މެޗުގައި ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ފިނޭ ބަލިކޮށް ފައިނަލްގެ ފުރަތަމަ ޖާގަ ފިއްލަދޫ އިން ކަށަވަރުކޮށްފިއެވެ.
20 Jun 2025
ހަނިމާދޫ ކަޓުވާލުމަށްފަހު ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ކެލާ ސެމީފައިނަލުން ޖާގަ ހޯދައިފި
މުރައިދޫ އިންވިޓޭޝަނަލް ވެޓަރެންސް ވޮލީބޯޅަ ޓޯނަމެންޓް 2025 ގެ ގުރޫޕް ބީގައި ރޭ ކުޅުނު މެޗުގައި ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ހަނިމާދޫ ބަލިކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ކެލާ މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދައިފިއެެވެ.
19 Jun 2025
ވަށަފަރު ބަލިކޮށް ބާރަށް ގުރޫޕްގެ ދެވަނައަށް ކުރިއަށް ޖެހިލައިފި
މުރައިދޫ އިންވިޓޭޝަނަލް ވެޓަރެންސް ވޮލީބޯޅަ ޓޯނަމެންޓް 2025 ގެ ގުރޫޕް ބީގައި މިއަދު ހަވީރު ކުޅުނު މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 3-1 ގެ ނަތީޖާއަކުން ވަށަފަރު ބަލިކޮށް ބާރަށުން ގުރޫޕްގެ ދެވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
18 Jun 2025
ފަހަތުން އަރައި މުރައިދޫ ބަލިކޮށް ގުރޫޕްގެ އެއްވަނަ ފިނޭ އިން ކަށަވަރުކޮށްފި
މުރައިދޫ އިންވިޓޭޝަނަލް ވެޓަރެންސް ވޮލީބޯޅަ ޓޯނަމެންޓް 2025 ގެ ގުރޫޕް އޭގައި މިރޭ ކުޅުނު މެޗުގައި ވާދަވެރި ކުޅުމަކަށްފަހު ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުން މުރައިދޫ ބަލިކޮށް ފިނޭ އިން ގުރޫޕްގެ އެއްވަނަ ކަށަވަރުކޮށްފިއެވެ.